
އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ: ސާޖިދާ
އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ: ސާޖިދާ
ލިޔުން:
މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުން އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދަން ފަސޭހަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބުކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި “މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ”ގެ ދެވަނަ ދައުރު އިފުތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި އަދި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރަކީ ވަރަށް ބޮޑަށް މުހިންމު ދައުރެއް ކަމަށެވެ.
ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި، އަދި އަންހެނުންގެ ބާރު ހަރުދަނާކުރުމާއި އަންހެނުންގެ ދައުރު ފުޅާވެއްޖެނަމަ އެކަމުގެ ނަތިއްޖާ ރަނގަޅު ވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީން އެކުލަވާލެއްވި ފޮތް،މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަ "ސްޕެޝަލް އިނައުގުރަލް އިޝޫ" އެކަމަނާ ވަނީ އިފްތިތާޙު ކޮށްދެއްވާފަ އެވެ.
ސާޖިދާ ވިދާޅުވީ އަންހެނުގެ ހުނަރާއި ޤާބިލުކަން މުޖުތަމައުގައި އިތުރުވުމުން، އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެހެން ކަމުން ކަންކަމުގައި އެންހެނުން ބާރުވެރި ކުރުވަން ޖެހޭކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
