
އަމިއްލައަށް އިސްތިއުފާ ދޭންޖެހޭގޮތަށް އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފި
އަމިއްލައަށް އިސްތިއުފާ ދޭންޖެހޭގޮތަށް އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފި
ލިޔުން:
ޕާޓީ ބަދަލުކުރުމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭގޮތަށް އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲއެވެ. މި ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަނެފައިވަނީ މިދިޔަ މާޗްމަހުގެ 26 ވަނަ ދުވަހުއެވެ.
މި ބިލް ފާސްކުރުމަށް ހުށަހެޅުމުން 33 މެމްބަރަކު ވަނީ ބިލް ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދީފައެވެ. އަދި ހަ މެމްބަރަކު ވަނީ ބިލް ފާސްކުރުމަށް ނުފެންނަކަމަށް ވޯޓުދީފައެވެ. މި ބިލުގައި ބަޔާންކުރާ މެމްބަރުންގެ ތެރެގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންގެ އިތުރުން އަންހެނުން ކޮމިޓީގެ މެންބަރުން ހިމެނެއެވެ.
މި ބިލް ފާސްކުރިއިރު، އެމްޑީޕީއަށް ނިސްބަތްވާ ހަތް މެމްބަރުންގެ ކޮމިޓީން ބިލަށް ގެނައި އެންމެ ބޮޑު ބަދަލަކީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތްނަމަވެސް އަމިއްލައަށް އިސްތިއުފާ ދޭންޖެހުމެވެ. އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ އެއް ހާލަތަކީ އިންތިހާބުވި ޕާޓީން ވަކިވެ އެހެން ޕާޓީއަކަށް ބަދަލުވުމާއި، އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރަކު އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ހިމެނުމެވެ.
މި ބިލު ހުށަހެޅި ފަރާތުން ބިލް ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ އަތޮޅު ކައުންސިލްތަކަށާއި، ރަށުކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުންކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
