މާލެ: 31°C
އަމިއްލަ ފަރާތްތަކުން ރިހެބް ހިންގޭނެގޮތް ހަދަނީ

އަމިއްލަ ފަރާތްތަކުން ރިހެބް ހިންގޭނެގޮތް ހަދަނީ

January 2, 2024
2 ފަހަރު ބަލާފައި
އަމިއްލަ ފަރާތްތަކުން ރިހެބް ހިންގޭނެގޮތް ހަދަނީ

މަސްތުވާތަކެތީގެ ފަރުވާ ދޭ ރިހެބިލިޓޭޝަން ސެންޓަރުތައް އަމިއްލަ ފަރާތްތަކުން ހިންގުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން އާދީއްތަ ދުވަހު ސަރުކާރުން ނިންމާފައިވަ ކަމަށެވެ.

"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފެއްޓުން ކެބިނެޓުގައި ނިންމުނު" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް ފުރުސަތު ދިނުމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެފަދަ ސެންޓަރުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެ ސަރަހައްދު ތަކަކީ ނ. ވެލިދޫ އާއި ކ. ކާށިދޫ އާއި ލ. އަތޮޅެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ