މާލެ: 31°C

އެމެރިކާއިން 7 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ވިއްކަން އެއްބަސްވެއްޖެ، އެމެރިކާގެ ސިޔާސަތު ދަނީ ބަދަލުވަމުން، ހަރުކަށި ވަމުން

February 15, 2025
94 ފަހަރު ބަލާފައި
އެމެރިކާއިން 7 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ވިއްކަން އެއްބަސްވެއްޖެ، އެމެރިކާގެ ސިޔާސަތު ދަނީ ބަދަލުވަމުން، ހަރުކަށި ވަމުން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އިސްރާއީލަށް 7.4 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އިސްރާއީލަށް 7.4 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފިއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުން އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ޕެކޭޖަކަށް ހުއްދަ ދީފައިވާ ކަމަށް ޑިފެންސް ޑިޕާޓްމަންޓުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕެކޭޖުގައި ހިމެނެނީ ހަތިޔާރާއި، ގައިޑެންސް ކިޓްތަކާއި، ފިއުޒްތަކެވެ. އަދި މި މަޝްރޫޢުގެ މައިގަނޑު ކޮންޓްރެކްޓަރުންގެ ތެރޭގައި ބޯއިންގ ކުންފުނި ހިމެނެއެވެ. މީގެ އިތުރުން، އިސްރާއީލަށް ހެލްފަޔަރ މިސައިލްތައް ވިއްކުމަށް 660 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ލޮކްހީޑް މާޓިން ކުންފުންޏާ ހަވާލުކުރެވިފައިވެއެވެ.

މި ނިންމުން އިއުލާންކުރެވިފައިމިވަނީ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވޮޝިންގްޓަނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ރައީސް ޓްރަމްޕާއި، އިދާރާގެ އިސްވެރިންނާއި، ކޮންގްރެސްގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

މީގެ ކުރިން ކުރީގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން ޖަނަވަރީ މަހު އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުށަހަޅުއްވާފައިވާ ކަމަށް އެމެރިކާގެ ދެ އިސް އޮފިޝަލަކު މަޢުލޫމާތު ދެއްވާފައިވާކަމެވެ. މިއީ އެމެރިކާއިން އިސްރާއީލަށް ދެމުންދާ ސަލާމަތީ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދާ އިތުރު މަޝްރޫޢުއެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ