މާލެ: 31°C
އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި

އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި

August 5, 2024
2 ފަހަރު ބަލާފައި
އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި
ދިވެހިރާއްޖެއާއި އެމެރިކާ ސަރުކާރާދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެއްބަސްވުމަށް 14 ވަނަ އިސްލާހު ގެނެސް 8.5 މިލިއަންޑޮލަރު އިތުރުކޮށް އެއެއްބަސްވުމުގެ ގްރާންޓް 45.7 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ. މިއަދު އެކަމަށްޓްކައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ އެ އެއްބަސްވުމަށް އިތުރުކުރެވުނު ބައިގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދުއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެެއްވީ ޔޫއެސް އެއިޑް ގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު އެވެ. ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެއްބަސްވުމަކީ ރާއްޖޖޭގެ މާލީ ގާބިލުކަން ބެލެހެއްޓުމުގައި ފަންނީ ގާބިލުކަން އިތުރުކޮށް ރާއްޖޭގެ އިގްތިސާދާއި  ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ