އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފި

އެމެރިކާގައި ރާއްޖޭގެ އެމްބަސީ ހުޅުވައިފި
ލިޔުން:
އެެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމުގައި އިއްޔެ އަލުން، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.
އެ އެމްބަސީ ހުޅުވުމަށް ވޮޝިންޓަންގައި އޮތް ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ ރަސްމިއްޔާތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ލޫ ވިދާޅުވީ މިއީ، މި ސަރަހައްދުގެ ގައުމުތަކާ އެމެރިކާގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.
ވޮޝިންޓަނުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށާފަައިވާކަން އިއުލާނުކޮށްފައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ރާއްޖޭން އެމެރިކާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އަބްދުލް ގަފޫރް މުހައްމަދު އައްޔަންކުރައްވާފަ އެވެ.
ކުރިން އެމެރިކާ އިން ރާއްޖެއާއެކު ކުރާ ހާރިޖީ މުއާމަލާތްތައް ކުރިއަށް ގެންދަނީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ.
ވޮޝިންޓަންގައި ރާއްޖޭގެ އެމްބަސީއެއް އިއްޔެ އަލުން ހުޅުވާފައިވާ އިރު، އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެ ތަން ހަދަނީ ހުޅުމާލޭގައި ހުންނަ 'އުމަރު ޒާހިރު އޮފީސް ބިލްޑިން'ގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
