މާލެ: 31°C

އެމެރިކާގައި އެމްބަސީ ހުޅުވުމަށް މިނިސްޓަރު ޝާހިދު އެމެރިކާއަށް

އެމެރިކާގައި އެމްބަސީ ހުޅުވުމަށް މިނިސްޓަރު ޝާހިދު އެމެރިކާއަށް
June 15, 2023
2 ފަހަރު ބަލާފައި
އެމެރިކާގައި އެމްބަސީ ހުޅުވުމަށް މިނިސްޓަރު ޝާހިދު އެމެރިކާއަށް
އެމެރިކާގެ ވޮޝިޓަންގައި ގާއިމް ކުރާ ދިވެހި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާއަށް ވަޑައިގަންނަވައިފި އެވެ. އެއަރޕޯޓުން މިނިސްޓަރ ޝާހިދުއަށް މަރުހަބާ ދެންނެވީ، ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޢަބްދުލްއަފޫރު މުހައްމަދުއެވެ. އެމްބަސީ ހުޅުވުމަށްޓަކައި މިވަގުތު ވޮޝިންޓަނުގައި ހުންނަވާ ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އެމެރިކާގައި ގާއިމް ކުރާ ދިވެހި ފުރަތަމަ އެމްބަސީ ހުޅުވުމަށް ވޮޝިންޓަނަށް ވަޑައިގެންނެވުނަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. "މި ދަތުރަކީ ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ލިބޭ ފުރުސަތެެއް. އުފެއްދުންތެރި ދަތުރަކަށް ވާނެ ކަމަށް އިންތިޒާރު ކުރަން،" ޝާހިދު ވިދާޅުވި އެވެ. [embed]https://twitter.com/abdulla_shahid/status/1669031268510572567[/embed] އެމެރިކާ އާއި ރާއްޖެ އާ ދެމެދުގެ ހާރިޖީ މުއާމަލާތްތައް މީގެ ކުރިން  ކުރަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި އެމެރިކާގައި ރާއްޖެ ތަމްސީލުކުރަނީ އދ.ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ. ރާއްޖެއާއި އެމެރިކާގައި އެމްބަސީ ޤާއިމްކުރުމަށް ނިންމަވާފައިވަނީ އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގައި އެމެރިކާ އެމްބަސީ އެއް ގާއިމް ކޯށްފައިވާ އިރު އެތަން ހުންނަނީ ހުޅުމާލޭގައި މިއަހަރު ހުޅުވި އުމަރުޒާހިރު އޮފީސް އިމާރާތުގައެވެ. އެމެރިކާގައި ހުންނަ ދިވެހި އެމްބަސީ ގާއިމްކުރާނެކަން ސަރުކާރުން އިއުލާން ކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ދެގައުމު ދެމެދުގެ ހާރިޖީ ސިޔާސީ ގުޅުން ގާއިމްކުރައްވާފައިވަނީ 1966 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ