މާލެ: 31°C

އަމީރު އަހްމަދު ޕްރީސްކޫލުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި

އަމީރު އަހްމަދު ޕްރީސްކޫލުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި
May 7, 2023
2 ފަހަރު ބަލާފައި
އަމީރު އަހްމަދު ޕްރީސްކޫލުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި
އަމީރު އަހްމަދު ޕްރީސްކޫލުގެ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށް ޒިޔާރަތްކޮށްފިއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޒިޔާރަތުގައި އަމީރު އަޙްމަދު ޕްރީސްކޫލުގައި ތަޢުލީމު ހާސިލުކުރަމުންދާ ނާސަރީ ދަރިވަރުންގެ ތެރެއިން 112 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެ ސްކޫލުގެ ނާސަރީ ދަރިވަރުން ކިޔަވަމުންދާ "ކޮމިޔުނިޓީ ހެލްޕަރސް" މާއްދާއާ ގުޅިގެން ކުރި މި ޒިޔާރަތުގައި، ދަރިވަރުންނަށް ކަނޑުމަތީގެ ނެވިގޭޝަނަލް ޗާޓް އަދި އިކުއިޕްމެންޓްތައް ވަނީ ދައްކާލާފައެވެ. މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގައި ބޭނުންކުރާ ނެވިގޭޝަނަލް އެއިޑްސްގެ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، އަމީރު އަޙްމަދު ޕްރީސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި މަސައްކަތް ކުރަމުންދާ ސިފައިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ