މާލެ: 31°C

އަމީނީ މަގުގެ ގަސްތައް ކަނޑާތީ މުއިއްޒު ކުރެއްވި ޓްވީޓަށް މޫކޭ ރައްދުދެއްވީ ކައުންސިލްގެ ސިޓީއަކުން

އަމީނީ މަގުގެ ގަސްތައް ކަނޑާތީ މުއިއްޒު ކުރެއްވި ޓްވީޓަށް މޫކޭ ރައްދުދެއްވީ ކައުންސިލްގެ ސިޓީއަކުން
April 12, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގެ ގަސްތައް ކަނޑާތީ މުއިއްޒު ކުރެއްވި ޓްވީޓަށް މޫކޭ ރައްދުދެއްވީ ކައުންސިލްގެ ސިޓީއަކުން
އަމީނީ މަގުގައި ގަސް ކަނޑަމުންދާތީ އެކަމާ ނުރުހުން ފާޅުކުރައްވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވައި ކުރިން މޭޔަރު އެކަމާ ގުޅިގެން ފޮނުއްވާފައިވާ ސިޓީއެއް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ހިއްސާ ކުރައްވައިފިއެވެ. މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން ކަމަށެވެ. އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށް ވެސް މޭޔަރު ވިދާޅުވެފައި ވެއެވެ. "މި މާތް މައްސަރު މިހާވަރަށް މުނާފިގު ވާން ހެޔޮ ވާނެތޯ" ސުވާލު ކުރައްވައި މުއިއްޒުގެ ޓްވީޓަށް މޫކޭ ޖަވާބު ދެއްވީ ގަސްކެނޑުމާ ބެހޭ ގޮތުން މާލެ ސިޓީ ކައުންސިލުން އާރްޑީސީއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއަކާ އެކުގަ އެވެ. [embed]https://twitter.com/VMookey/status/1646044103044665345[/embed] މާލޭ ސިޓީކައުންސިލުން މިދިޔަ ސެޕްޓެމްބަރު މަހު އާރްޑީސީއަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައި އޮތީ މަގުމަތިން ނަގަން ހަމަޖެހިފައިވާ ގިނަ ގަސްތައް ނައްތައިލަން ސިޓީކައުންސިލުން ބޭނުންވާ ކަމަށެވެ. ބޭނުންކުރެވޭ ޒާތުގެ ގަސްތައް ބޭނުންވާ ފަރާތްތަކަށް ހަދިޔާކުރަން ކައުންސިލުން ކަނޑައަޅާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި އޮތެވެ. މޫކޭ ވިދާޅުވީ އަމީނީ މަގުގައި ހުރި ގަސްތައް ނަގަނީ އެކަން ކުރާހިތަކުން ނޫންކަމަށެވެ. "އަމީނީ މަގުން ގަސް ނަގަނީ ކޮންމެހެން ނުނަގާ ނުވެގެންކަން މޭޔަރަށް މާބޮޑަށް އެނގިލައްވާނެ. އެއީ އެއްވެސް ބަޔަކު ކުރާ ހިތުން ކުރާނެ ކަމެއް ނޫން." މޫކޭ ވިދާޅުވިއެވެ. އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާލަން ނިންމީ އެގަސްތައް ނުނަގާ މަގު ހަދަން ދަތިވާތީ ކަމުގައި ކުރިން ވެސް އާރްޑީސީއިން ވަނީ ބުނެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ