މާލެ: 31°C
އަމީނީ މަގު ތާރު އަޅާ ނިމިއްޖެ

އަމީނީ މަގު ތާރު އަޅާ ނިމިއްޖެ

January 7, 2024
3 ފަހަރު ބަލާފައި
އަމީނީ މަގު ތާރު އަޅާ ނިމިއްޖެ
މާލޭގެ އަމީނީ މަގު، ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް އެންމެ ފަހު 2 ސެގްމަންޓްގެ ތާރުއަޅާ އާރްޑީސީ އިން މިއަދު ނިންމާލައިފިއެވެ. އާރުޑީސީން ފަހު ދެ ސެގްމެންޓްގެ މަސައްކަތް ނިންމީ 28 ދުވަހުންނެވެ. އާރްޑީސީން ބުނީ ފަހު ދެ ސެގްމަންޓުގައި ތާރު އަޅާ ނިމުނު ކަމުގައި ވީނަމަވެސް މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރަހާ މަގު އާންމުކޮށް ހުޅުވާލެވޭނީ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅުކަމަށެވެ. އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84.4 މިލިޔަން ރުފިޔާ އަށެއެވެ. އަމީނީ މަގުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން އާރްޑީސީ އާ ހަވާލުކޮށްގެން ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގައެވެ. އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ އިރު މި ސަރުކާރުން ވަނީ މާލޭގެ ހުރިހާ މަގެއް ފެންހިދާ ނިޒަމާ އެކު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށް ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ