
އަމީނީ މަގުގެ މަސައްކަތާ ހެދި ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މަސައްކަތް އެބަކުރަން: ސްޓެލްކޯ
އަމީނީ މަގުގެ މަސައްކަތާ ހެދި ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މަސައްކަތް އެބަކުރަން: ސްޓެލްކޯ
ލިޔުން:
ޒަމާނީ ފެންވަރަށް އަމީނީމަގު ހެދުމުގެ މަސައްކަތްކުރުމުގެ ތެރޭގައި ، އެ މަސައްކަތް ހިނގާ ސަރަހައްދުތަކުގައި ކަރަންޓްގެ ހިދުމަތަށް ބުރޫ އަރަމުންދާ ކަމަށާއި އެކަން ހައްލުކުރަން މަަސައްކަތްކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކުގައި އަލުން ހިދުމަތްދޭން ކުރަން ޖެހޭ މަސައްކަތްތައް އެކުންފުނިން ވަގުތުން ވަގުތަށް ކުރަމުން ގެންދާނެ ކަމަށެވެ.
[embed]https://twitter.com/STELCOMALDIVES/status/1643179085299064832?s=20[/embed]
"...މިކުންފުނީގެ ހިދުމަތް މެދުކެނޑޭ މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ދިމާވާ އެންމެހާ އެންމެހާ ދަތިތަކަށް މާފަށް އެދެމެވެ. އަދި މިފަދަ ކަންކަން ދިމާވިޔަ ނުދިނުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިކުންފުނިން ކުރަމުން ގެންދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ކޭބަލަކަށް ގެއްކުން ވެގެން، ބުރުޒުމަގުގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓް ކެނޑުނެވެ. ސްޓެލްކޯއިން އިއްޔެ ބުނި ގޮތުގައި އެ ސަރަހައްދަށް އަލުން ކަރަންޓް ދިނީ ގެއްލުން ލިބުނު ކޭބަލުގެ ބަދަލުގައި ވަގުތީ ކޭބަލެއް އަޅައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
