މާލެ: 31°C

އަމީނީމަގު ހެދުމާ ގުޅޭ ގޮތުން ކައުންސިލުގެ އަޑު އަހަން މޭޔަރު އެދިވަޑައިގެންފި

އަމީނީމަގު ހެދުމާ ގުޅޭ ގޮތުން ކައުންސިލުގެ އަޑު އަހަން މޭޔަރު އެދިވަޑައިގެންފި
April 9, 2023
2 ފަހަރު ބަލާފައި
އަމީނީމަގު ހެދުމާ ގުޅޭ ގޮތުން ކައުންސިލުގެ އަޑު އަހަން މޭޔަރު އެދިވަޑައިގެންފި
އަމީނީ މަގު ރަނގަޅު ފެންވަަރަކަށް ހަދަން ކުރާ މަސައްކަތުގައި ސަރުކާރުން ސިޓީ ކައުންސިލްގެ އަޑު އެންމެ ފަހަރަކު ނަމަވެސް އަހަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިއްޖެއެވެ. މިއަދު ކުރި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދާ ގޮތުން ރައްޔިތުްނ ބޮޑެތި ތަކުލީފުތައް އުފުލަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަަބަބުން ރައްޔިތުންނަށް ދަނީ ނަފުސާނީގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ގެއްލުމެއް ވަމުންނެވެ. "އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފު އުފުލަމުން. ނަފްސާނީ،އިޖްތިމާޢީ އެތައް ގެއްލުމެއްވަމުން. ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ޙިއްސާ ކުރަމުން. އަޅުގަނޑު އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް. އެންމެ ފަހަރަކު ނަމަވެސް،" އޭނާ ވިދާޅުވި އެވެ. [embed]https://twitter.com/MMuizzu/status/1644935373292965890?s=20[/embed] އަމީނީމަގުގެ ސެގްމަންޓް 1،2،3 ގައި ތާރު އަޅާނިމި، މިދިޔަ މަހުގެ ކުރީކޮޅުވަނީ އެ ސަރަހައްދު އާންމުންނަށް ހުޅުވާލެވިފައެވެ. އެ މަގުގެ ބާކީ ބައިގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، އެ މަަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ގެތަކުން ކަރަންޓް ކެނޑުމުގެ މައްސަަލަތަކެއް ދާދި ފަހުން ކުރިމަތިވި އެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ބެލެވޭ ގޮތުގައި މުއިއްޒު އެ ވިދާޅުވާ ތަކުލީފު ތަކަކީ އެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ