މާލެ: 31°C

އަމީނީ މަގުގެ ތާރު އެޅި ބައިގަ ފެންބޮޑުވީ މަގުގެ މަސައްކަތް އަދި ނުނިމޭތީ: އާރުޑީސީ

އަމީނީ މަގުގެ ތާރު އެޅި ބައިގަ ފެންބޮޑުވީ މަގުގެ މަސައްކަތް އަދި ނުނިމޭތީ: އާރުޑީސީ
March 7, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގެ ތާރު އެޅި ބައިގަ ފެންބޮޑުވީ މަގުގެ މަސައްކަތް އަދި ނުނިމޭތީ: އާރުޑީސީ
އަމީނީމަގުގައި ތާރުއަޅާފައި އާންމުންނަށް ހުޅުވާލި ސަރަހައްދުގަ ފެން ބޮޑުވީ މަގު އެއްކޮށް ހަދާ ނުނިމޭތީ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
ވާރޭވެހުމުގެ ސަބަބުން އަމީނީ މަގުގެ ތާރުއެޅި ހިސާބުގައި ފެންބޮޑުވެފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެ، އާންމުންގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް، އާރްޑީސީއިން ބުނީ، އެމަގު ހަދާ ނިމުމުން ފެންބޮޑުވުމުގެ މައްސަލަ ހައްލުވާނެ ކަމުގައެވެ.

އާރްޑީސީ އިން ބުނީ، އެ މަގަކީ އަދިވެސް މަސައްކަތް ހިނގަމުންދާ މަގަކަށް ވާތީ މިހާރު އަދި ފެން ބޮޑުވެދާނެކަމުގައެވެ. އެހެން ނަމަވެސް މަސައްކަތް ނިމޭއިރު ފެން ހިންދާނެ އިތުރު ޕަަމްޕުތައް ވެސް ގާއިމް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

"މިހާރު ވެސް ފެން ބޮޑުވިޔަސް މާ ގިނަ އިރެއް ނުވެ ފެން ހިނދޭނެ " އާރް ޑީސީގެ އޮފިޝަލަކު ބުންޏެވެ. ތާރު އެޅި ބައި އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އެ ސަރަހައްދުގައި އަދިވެސް ކުރިއަށްދާ ކަމަށާއި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމަށް މޫނިމާ ހިނގުން އަދިވެސް ބަންދުކޮށްފައިވާ ކަމަށް އާރްޑިސީއިން ބުނެފައިވެއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން އެމަގުން ގަޑިއަކު 1،000 ކިއުބިކް މީޓަރުގެ ފެން ބޭރު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ. 

މިނިސްޓަރު ވިދާޅުވީ އަމީނީ މަގުގައި މިވަގުތު  ހަތަރު ޕަންޕު ހުރި ނަމަވެސް އަމީނީ މަގު ހަދާ ނިމުމުން ފަސް ޕަމްޕް ސްޓޭޝަން ހުންނާނެ ކަމަށެވެ.

އަމީނީ މަގު ހަދާ ނިމޭއިރު  ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެ ކަމުގައި ކުރިންވެސް ޕްލޭނިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ