މާލެ: 31°C
އަމީނީ މަގުގެ ނުނިމިއޮތް ބައިގައި ތާރު އަޅަން މިއަދު ފަށަނީ

އަމީނީ މަގުގެ ނުނިމިއޮތް ބައިގައި ތާރު އަޅަން މިއަދު ފަށަނީ

January 6, 2024
3 ފަހަރު ބަލާފައި
އަމީނީ މަގުގެ ނުނިމިއޮތް ބައިގައި ތާރު އަޅަން މިއަދު ފަށަނީ
އަމީނީ މަގުގެ ނުނިމި އޮތް ބައިގައި މިއަދު ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. އޭނާ "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ، އަމީނީ މަގުގެ ނުނިމިއޮތް ބައިގެ އަމަލީ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފެށިފައިވާއިރު، މިހާރު ތާރު އެޅުމަށް ތައްޔާރުވެފައިވާ ކަމަށެވެ. "އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ" މުއްތަލިބް ވިދާޅުވިއެވެ. https://twitter.com/muththo/status/1743523413111779424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1743523413111779424%7Ctwgr%5Eede9185d1b0d3729b2456eb42ce9281b9ee3c16a%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F988781%2F އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13 ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ ކުރިން ނިމިފައިވާ ސެގްމެންޓުތަކަށް ވުރެ ފުޅާކޮށެވެ. މި ދެ ސެގްމެންޓްގައި ހަތަރު ލޭންގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. މި މަސައްކަތައް ޖުމްލަ 84.4 މިލިއަން ރުފިޔާ ހަރަދުވާއިރު، މި މަޝްރޫއު ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. އަދި މީގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ