މާލެ: 31°C

އަމީނީ މަގުގެ ފެންހިންދާ ނިޒާމު މިހާރު ރަނގަޅުވާނެ: މިނިސްޓަރު

February 21, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގެ ފެންހިންދާ ނިޒާމު މިހާރު ރަނގަޅުވާނެ: މިނިސްޓަރު
އަމީނީ މަގުގެ ފެންހިންދާ ނިޒާމު މިހާރު ރަނގަޅުވާނެ: މިނިސްޓަރު
އަމީނީ މަގު އަލަށް ހަދާއިރު އެ މަގުން ފެން ހިންދުމުގެ ނިޒާމުގެ ފެންވަރު ކުރިއަށް ވުރެ އެތައް ގުނައެއް ރަނގަޅުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އަމީނީ މަގުގައި މިހާރު ހުރި ހަތަރު ޕަމްޕް ސްޓޭޝަނުގެ އިތުރަށް އެއް ޕަމްޕް ސްޓޭޝަން އަލަށް ހަދާނެ ކަމަށާއި. އެއީ ކޮންމެ ޕަމްޕް ސްޓޭޝަންތަކުގެ ކެޕޭސިޓީ ނުވަ ކިލޯ ވޮޓް އިން 21 ކިލޯ ވޮޓް އަށް ބޮޑުކުރާނެ ކަމަށެވެ. "މިކަން ނިމިގެން ދާއިރު ހުރިހާ ޕަމްޕް ސްޓޭޝަންތަކުގައި ހުރި ޕަމްޕެއް 21 ކިލޯ ވޯޓައަށް ޕަމްޕިން ކެޕޭސިޓީ ބޮޑުކުރެވިގެންދާނެ. އޭރުން ގަޑިއަކު އެއްހާސް ކިއުބިކް މީޓަރުގެ ފެން މި ޕަމްޕް ސްޓޭޝަންތަކުން ބޭރުވާނެ" މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ގޮތުގައި އަމީނީ މަގުގެ ޕަމްޕް ސްޓޭޝަންތަކުން ފެން ބޭރު ކުރަން ކުރިން ހުރި 160 މިލިމީޓަރާއި 280 މިލިމީޓްރުގެ ހޮޅިތަކުގެ ބަދުގައި މިފަހަރު އަޅަނީ 315 މިލިމީޓަރުގެ ހޮޅި އެވެ. އެއީ ވެސް އެ މަގުގައި ފެން ހިންދުމުގެ ނިޒާމު ރަނގަޅުވާނެ ކަމެކެވެ. އަސްލަމް ވިދާޅުވީ އަމީނީ މަގުގެ ފެންހިންދާ ނިޒާމު ހަދަމުން އަންނަނީ ކޮންސަލްޓެންޓްގެ ލަފަޔާ އެއްގޮތަށް ކަމަށެވެ. އަމީނީ މަގަކީ ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިން ވަަރަށް ބޮޑު މަގެކެވެ. އެކަމަށް ހައްލު ހޯދަން ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތް ކުރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ