
އަމީނީމަގުގެ ފަހު 2 ސެގްމެންޓްގެ ބައެއް މިއަދު ހުޅުވާލައިފި
އަމީނީމަގުގެ ފަހު 2 ސެގްމެންޓްގެ ބައެއް މިއަދު ހުޅުވާލައިފި
ލިޔުން:
މާލޭގެ އަމީނީ މަގު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެންމެ ފަހު 2 ސެގްމަންޓްގެ ވަކި ސަރަހައްދެއް އާންމުންނަށް މިއަދު ހުޅުވާލާފިއެވެ.
މިއަދު ހެނދުނު 6 އަކުން ފެށިގެން އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަން ވަނީ ޓްރެފިކަށް ހުޅުވާލެވިފައެވެ.
އާރްޑީސީން ބުނި ގޮތުގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 އާންމުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއްކޮށް ހުޅުވާލާނެއެވެ. އަދި މިހާރު ކުރަމުންދަނީ މަގުމަތީގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
https://twitter.com/MoCImv/status/1744723724379857277
ކުރީގެ ސަރުކާރުން އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް މި މަސައްކަތް މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މެދުކަނޑާލުމުން ބާކީ 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތެވެ.
އެއަށްފަހު މި 2 ސެގްމެންޓުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރްޑީސީން މިމަހުގެ 7 ވަނަ ދުވަހު ނިންމާލާފައިވާއިރު، އެކުންފުނިން މި މަސައްކަތް ފުރިހަމަކޮށްފައިވަނީ މަސައްކަތް ފެށިތާ 28 ދުވަހުންނެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 13 ސެގްމަންޓަކަށް ބަހާލައިގެން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
