އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު އާންމުން ބޭނުންކުރަން މިއަދު ހުޅުވާލައިފިއެވެ.
މިއަދު ހުޅުވީ އަމީނީ މަގު ހެންވޭރަށް ނިމޭ ހިސާބުން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ.
އެ ސަރަހައްދުގައި ތާރުއަޅީ އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.އާރްޑީސީ އިން ބުނީ، ތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވައިލި ނަމަވެސް ފިނިޝިންގެ ބައެއް ކަންކަމާއި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރާތީ މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށެވެ.
[embed]https://twitter.com/rdcmaldives/status/1632427259792588801[/embed] ސަރުކާރުގެ އަމާޒަކީ ރޯދަ މަސް ފެށުމުގެ ކުރިން އިމާދުއްދީން ސުކޫލާއި ހަމަޔަށް އަމީނީ މަގުގައި ތާރުއަޅައި ނިންމާލުން ކަމުގައި ޕްލޭނިން މިނިސްޓްރީއިން ބުނެފައިވެއެވެ. މިއަދު ހުޅުވާލި ސަރަހައްދުގައި ތާރު އަޅަން އާރްޑީސީއިން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 10ވަނަ ދުވަހު އެވެ. އެމްޓީސީސީން ވަނީ ހަފްތާއެއްހައި ދުވަސް ތެރޭ އެމަސައްކަތް ނިންމާފައެވެ. އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޕްލޭނިން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި އަމީނީ މަގުގެ މަސައްކަތް ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.






