މާލެ: 31°C

އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރި ބައި ތިން ދުވަހުގެ ތޭގައި ނިންމަނީ

February 12, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރި ބައި ތިން ދުވަހުގެ ތޭގައި ނިންމަނީ
އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއާ ހަވާލުކުރި ބައި ތިން ދުވަހުގެ ތޭގައި ނިންމަނީ
އަމީނީމަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ތާރު އެޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތްފަށާފައި ވާއިރު، ތާރުޅު އެޅުމުގެ މަަސައްކަތް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "މިނިވަން" އަށް ވިދާޅުވީ، އާރުޑީސީން އެމްޓިސީސީއާ ހަވާލުކުރީ ސްޓެލްކޯ އިމާރާތް ނިމޭ ހިސާބަށް ތާރުއެޅުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް އަންނަ ބުދަ ދުވަހާ ހަމައަށް ނިމޭނެ ކަމަށެވެ. " 24 އިރު މަަސއްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ، އަންނަ ބުދަދުވަހާ ހަމަޔަށް އެމަސައްކަތް ނިންމާލެވޭނެ އިރާދަކުރެއްވިއްޔާ " އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ މަގު އެއްވަރުކޮށް، ކޮމްޕެކްޓްކޮށް އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ. އިތުރު ސެގްމެންޓެއްގެ މަސައްކަތް އެމްޓިސިސީއާ ހަވާލުކޮށްފައި ނުވާތީ އެހެން ސެގްމެންޓް ތަކުގެ މަަސައްކަތް ފަށާނެ އިރެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.   [embed]https://minivan.mv/80381/[/embed]   އާރްޑީސީއިން ބުނެފައިވާ ގޮތުގައި އަމީނީ މަގުގެ ވަކި ބައެއްގައި ތާރު އެޅުމުގެ މަސައްކަތް އެކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ ، ތާރު މެޝިނު ބަހައްޓާނެ ބިމެއް އާރްޑީސީއަށް އަދި ހަމަޖެހިފައި ނުވާތީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ