އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ބޮޑު ތަކުރުފާނު މަގުން ފެށިގެން ކަލާފާނު ހިނގުމާ ހިސާބަށް އެމަގު ބަންދުކޮށް، ދުއްވާ އުޅަނދުތަކަށްވެސް ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ.
އަމީނީމަގު ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އާރްޑީސީއަށް 84.4 މިލިއަން ރުފިޔާ ދީފައެވެ. މި މަޝްރޫޢުގެ ދަށުން 1.7 ކިލޯމީޓަރުގެ މި މަގުގައި ތާރު އެޅުމާއި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގު ބައްތި ހަރުކުރާނެއެވެ. އަމީނީ މަގުގައި ތާރަައަޅަން ހަމަޖެހިފައިވަނީ ޕޭވިންގެ މަސައްކަތް ބިލަބޮން ސްކޫލާ ހަމައަށް ދިއުމުންނެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
އަމީނީމަގު ހެދުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
ލިޔުން:
ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން އަމީނީމަގު ސެގްމެންޓް ދޭއްގެ މަސައްކަތް ފަށައިފިއެވެ.
މިދިޔަ މަހު އާރްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަގު ހެދުމުގެ މަސައްކަތް މަޑުޖައްލާފައިވަނީ އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދެމުންދާ ހިދުމަތްތައް އަޕްްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ލަސްވާތީކަމަށެވެ. މަސައްކަތް އޭރު ހުއްޓާލީ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދެވެންދެން މަޑު ޖައްސާލުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެދިފައިވާތީކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އާރުޑީސީން ބުނީ މަސައްކަތް އަލުން ފެށީ ދެވަނަ ސެގްމެންޓަށް ބޭނުންވާ ސާމާނު ލިބުމުން ކަމަށެވެ.
[embed]https://twitter.com/rdcmaldives/status/1598920567436234753?s=20&t=x_2v2lsZfvXzrD70yOhIBg[/embed]
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
