މާލެ: 31°C

އަމީނީ މަގުގައި ތާރު އަޅަން އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްފި

February 11, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގައި ތާރު އަޅަން އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްފި
އަމީނީ މަގުގައި ތާރު އަޅަން އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްފި
މާލޭގެ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައި ވަނިކޮށް އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، އެ މަސައްކަތުގެ ކޮންޓްރެކްޓަރު ، ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. އެމްޓިސީސީއާ އެމަަސައްކަތް ހަވާލުކުރީ މިހާރު އާރްޑީސީ އިން ޕޭވިން ގެ މަސައްކަތް ނިންމާފައިވާ ސަރަހައްދުގައި ތާރު އެޅުމަށެވެ. އާރުޑީސީއިން އަމީނީ މަގު ހެދުމުގެ މަަސައްކަތް މިދިޔަ ސެޕްޓެމްބަރުގައި ފަށާފައިވާ އިރު މިހާތަނަށް ހަތަރު ސެގްމެންޓެއްގެ މަސައްކަތް ކޮށް ތިން ސެގްމެންޓެއްގެ ތާރު އެޅުމުގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އާރުޑީސީން ކުރިން ބުނެފައި ވެ އެވެ. އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ހަތް މަސް ދުވަސް ތެރޭ ނިންމާގޮތަށް މިދިޔަ އަހރުގެ ޖުލައިގައެވެ.  ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ބުދަ ދުވަހު މަޖްލިސަގައި ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް ދެން ނިމޭނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުދަދުވަހު ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސަައްކަތް ލަސްވީ އެ މަގުގައި އެމްޑަބްލިއުއެސްސީން ވަޅުލަން ޖެހޭ ފެންހޮޅިތައް ލިބުން ލަސްވެގެންނެވެ. "އެހެންވީމާ އެ ދަތިތަކަށް ކޮންސިޑާކޮށްފައި އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ތާރީހެއް ކަނޑައަޅާފައި. އެއީ 27 ސެޕްޓެމްބަރު 2023 އަށް،" އެ ޖަލްސާގައި އަސްލަމް ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ