މާލެ: 31°C

އަމީނީ މަގުގައި ތާރުއަޅަން ފަށައިފި

February 14, 2023
2 ފަހަރު ބަލާފައި
އަމީނީ މަގުގައި ތާރުއަޅަން ފަށައިފި
އަމީނީ މަގުގައި ތާރުއަޅަން ފަށައިފި
އެމްޓީސީސީން މާލެ އަމީނީ މަގުގަ ތާރު އެޅުމަށް މިރޭ ފަށައިފިއެވެ. ތާރު އަޅަން ފަށާފައި ވަނީ އަމީނީ މަގު ސްޓެލްކޯ ސަރަހައްދުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރި އާރްޑީސީއިން ބުނެފައިވާނީ އަމީނީ މަގުގެ ވަކި ބައެއްގައި ތާރު އެޅުމުގެ މަސައްކަތް އެކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ، ތާރު މެޝިނު ބަހައްޓާނެ ބިމެއް އާރްޑީސީއަށް އަދި ހަމަޖެހިފައި ނުވާތީ އެވެ. މާލޭގެ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައި ވަނިކޮށް އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިހަފުތާތެރޭގައެވެ. އެމްޓިސީސީއާ އެމަަސައްކަތް ހަވާލުކުރީ މިހާރު އާރްޑީސީ އިން ޕޭވިން ގެ މަސައްކަތް ނިންމާފައިވާ ސަރަހައްދުގައި ތާރު އެޅުމަށެވެ. އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ހަތް މަސް ދުވަސް ތެރޭ ނިންމާގޮތަށް މިދިޔަ އަހަރުގެ ޖުލައިގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ