
އަމާޒަކީ ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށަކަށްވެސް ދެ ފަހަރު ދިއުން: ރައީސް
އަމާޒަކީ ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށަކަށްވެސް ދެ ފަހަރު ދިއުން: ރައީސް
ލިޔުން:
ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ދިއުމާއި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ދިއުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅާއި މ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު މ. މުލަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމުގެ މަގްސަދަކީ އެމަނިކުފާނު ސީދާ ރައްޔިތުންނާ ބައްދަލުވެ ރައްޔިތުން އެދޭ ކަންކަން ދެނެގަނެ އެކަންކަން ކޮށްދިނުމަށް ފަސޭހަވެގެންދާނެތީ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ހިންގަން، ކައުންސިލްގެ ފަރާތުން އެ ކަންކަން ސާފުކޮށްފައި، ހަގީގީ މާނައެއްގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އަމަލީ ގޮތުން އެ ނިޒާމު ތަންފީޒު ކުރަން. އެހެންވީމަ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ހުރިހާ ރައްޔިތުންނާ ބައްދަލުކުރެވޭނެ. އެއީ އަޅުގަނޑު ނިންމާފައި އޮތް ގޮތަކީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށްފަހު މިފަދަ ދަތުރުތަކެއް 2026 ވަނަ އަހަރުވެސް ފައްޓަވާނެއެވެ. އެގޮތުން ކައުންސިލްތަކާ ވީހާވެސް ގާތުން މަސައްކަތް ކޮށްގެން ލާމަރުކަޒީ ނިޒާމު އަމަލީ ގޮތުން ތަންފީޒުކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރަމަޟާން މަހާއެކު ގިނަ ރަށްތަކަކަށް އެބަ ދެވޭ، މި އަހަރުގެ ބާކީ މި އޮތް ދުވަސްތަކުގައި، ހުރިހާ ރަށްތަކަށް އަޅުގަނޑު ދާނަން، އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
މިއަހަރު ފެށި ފަހުން އެމަނިކުފާނު ގެންދަވަނީ އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. މިހާތަނަށް އެމަނިކުފާނު ޒިޔާރަތްކުރެއްވި އަތޮޅުތަކުގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، އަދި ބ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
