މާލެ: 31°C

އަމާޒަކީ ޕީއެންސީއަށް، 100،000 މެމްބަރުން ހަމަކުރުން: މުޙައްމަދު އިސްމާޢީލް

January 26, 2025
242 ފަހަރު ބަލާފައި
އަމާޒަކީ ޕީއެންސީއަށް، 100،000 މެމްބަރުން ހަމަކުރުން: މުޙައްމަދު އިސްމާޢީލް
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން 100،000 މެންބަރުން ހަމަކުރުމަށްކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މެންބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކޮންގްރެސް ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ އެވެ. މިކަން ހާމަވެގެންގޮސްފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ތަފާސްހިސާބުތަކުންނެވެ.

ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ކޮންގްރެސް ޕާޓީ ވެފައި މިވަނީ އިދިކޮޅު އެމްޑީޕީއަށް ވުރެ 25،000 މެންބަރުން އިތުރުކޮށްގެންނެވެ. އީސީން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީގައި މިވަގުތު ތިބީ 68،968 މެންބަރުންނެވެ. އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ.

ކޮންގްރެސް ޕާޓީއަށް މިހާ ގިނަ އަދަދެއްގެ މެންބަރުން ގުޅިފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފުރުމާ ގުޅިގެން ކޮންގްރެސް ޕާޓީން ކުރިއަށް ގެންދިޔަ މެމްބަޝިޕް ޑްރައިވްގެ ސަބަބުންނެވެ. އެ ޕާޓީން މި މެމްބަޝިޕް ޑްރައިވް ފަށާފައިވަނީ އެ ޕާޓީއަށް 75،000 މެންބަރުން ހަމަ ކުރުމަށްކަމަށް ކޮންގްރެސް ޕާޓީގެ އިސްވެރިން ބުނެ އެވެ.

އީސީގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ކޮންގްރެސް ޕާޓީއަށް 75،000 މެންބަރުން ހަމަވެފައި ނެތް ނަމަވެސް އެ ޕާޓީން މިވަނީ މުޅިން އާ ރެކޯޑެއް ގާއިމުކޮށްފަ އެވެ. އެގޮތުން ކޮންގްރެސް ޕާޓީއަކީ ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ މެންބަރުން ރަޖިސްޓްރީ ކުރި ފުރަތަމަ ސިޔާސީ ޕާޓީ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ