ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައި އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއްވެސް ބާކީ ނުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައި އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއްވެސް ބާކީ ނުކުރުން: ރައީސް
ލިޔުން:
ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތަޢުލީމު ދިނުމުގައިވެސް އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއްވެސް ބާކީ ނުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފޭދޫ ސްކޫލުގެ ތާރީޚްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެމަނިކުފާނު ވަނީ ފޭދޫ އައު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފެށުމުގެ އިންތިޒާމުތައް ވީއެންމެ އަވަހަކަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެކަމަށާއި އެއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިދިޔަ އަހަރާ ޖެހެންދެން ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަރިންނަށް ތަޢުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތަޢާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުންފަދަ އަދި މީގެ އިތުރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުޞަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
