މާލެ: 31°C

އަލުން ވިޔަފާރި ފަށާނެ ތަނެއް ހޯދަން، ނީލަން ފިހާރައިގެ ވެރިން މޭޔަރާ ބައްދަލުކޮށްފި

February 21, 2023
2 ފަހަރު ބަލާފައި
އަލުން ވިޔަފާރި ފަށާނެ ތަނެއް ހޯދަން، ނީލަން ފިހާރައިގެ ވެރިން މޭޔަރާ ބައްދަލުކޮށްފި
އަލުން ވިޔަފާރި ފަށާނެ ތަނެއް ހޯދަން، ނީލަން ފިހާރައިގެ ވެރިން މޭޔަރާ ބައްދަލުކޮށްފި

ދާދިފަހުން އަނދާހުލިވެފައިވާ ނީލަން ފިހާރަ ހިންގި މީހުން، އަލުން އެ ވިޔަފާރި ކުރާނެ ތަނެއް ހޯދައިދޭން އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކޮށްފި އެވެ.

މިއަދު ހެނދުނު މާލެ ސިޓި ކައުންސިލުގައި  ބޭއްވި ބައްދަލުވުމުގައި، ނީލަން ފިހާރައިގެ ވެރިން  އެ މީހުނަށް ދިމާވާ ދަތިތައް މޭޔަރަށް ހުށަހެޅިއެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެމީހުން ފާހަގަކުރީ އަލިފާން ރޯވުމުގެ ސަބަބުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތި ގެއްލުންވަމުންދާތީ ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސައި ދިނުމަށެވެ. މީގެއިތުރުން ނީލަން މުދާވިއްކާނެ ތަނެއް ތަރައްގީކުރާނަމަ އެތަނުގައި ހުންނަންޖެހޭ ބައެއް ކަންކަމާ ބެހޭގޮތުން ވެސް އެމީހުން މޭޔަރާއި ސިޓީކައުންސިލްގެ މެމްބަރުންނާ މަޝްވަރާ ކުރި އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މުއިއްޒު އެމީހުން ގާތު ވިދާޅުވީ ވިޔަފާރިކުރާނެ ތަނެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެއެވެ. ބޭނުން ކޮށްފަ ހުންނަ ހަރު މުދާ ހެޔޮ އަގުގައި ވިއްކަމުން ދިޔަ ނީލަން ފިހާރަ އަނދާ ހުލިވުމަކީ އެތަން ހިންގި މީހުންގެ އިތުރުން އާންމުންނަށް ވެސް ދަތިތަކެއް ކުރިމަތިވި ކަމެކެވެ. ނީލަން ފިހާރައަކި ދޭތެރެ ދޭތެރެއިން އަލިﷲާނުގެ ހާދިސާ ހިނގާފައިވާ ތަނެކެވެ. އެގޮތުން ޖުމްލަ 10 ފަހަރު އެތަން ރޯވެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ