
އަލިރަސްގެފާނުގެ ހާދިސާއިން ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށް: ރައީސް
އަލިރަސްގެފާނުގެ ހާދިސާއިން ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށް: ރައީސް
ލިޔުން:
އަލިރަސްގެފާނުގެ ޖިހާދުގެ ހާދިސާއިން ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ދިވެހިން ދިވެހިންގެ ސަލާމަތް ހޯދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ޝަހީދުންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ އެ ޖިހާދަކީ ދިވެހިންނަށާއި މިއަދުގެ ސިޔާސީ މީހުންނަށް އެތަށް ގޮތަކުން ފިލާވަޅާއި އިބުރަހް ހާސިލުކުރަން ޖެހޭ ކަމެއް ކަމަށެވެ.
""ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލައި. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕޯޗުގީޒުން ރާއްޖެއަށް ވެރިވެގަތުމަށް މަގުފަހިކުރުވި މި ހާދިސާގައިފެނިގެންދިޔައީ، އަމިއްލަ އެދުމާއި ދިވެހީން ދިވެހި ގައުމަށް ހިޔާނާތްތެރިވުމާއި ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތާއި، އެމީހުންގެ ހީލަތްތެރި ރޭވުން ކަމަށެވެ.
މިގޮތަށް ދިވެހި ގައުމު އަޅުވެތިކުރަން އުޅުނު ކޮންމެ ފަހަރެއްގައި، ދިވެހިންގެ ތެރެއިން ބަތަލުންތަކެއް ނުކުމެ ކުރި ޖިހާދުގެ ހަނދާން އަބަދުމެ އާކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މި ހާދިސާއިން ފެނުނީ އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، ގައުމާމެދު އޮތް ލޯތްބާއި ހިތްވަރުފުޅު ގަދަކަމާއި ދައުލަތަށް ހުރި ވަފާތެރިކަން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ބަތަލު، އަލިރަސްގެފާނުގެ ޖިހާދުން އަދުގެ ޒުވާނުން އެތައް އިބުރަތެއް ހާސިލްކުރަން ޖެހޭ ކަމަށާއ އަދިި ޒުވާންކަމުގެ އޮއިވަރުގައި ޖެހި ދީނާއި އަމިއްލަ ގައުމު ފަހަނަ އަޅާ ނުދިއުމަށް މިހާދިސާއިން ނަސޭހަތްތެރިވާ ކަމަށެވެ.
"އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބުކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅައި ނުދާން އެބަ ނަސޭހަތްތެރިވޭ. ހަގީގަތުގައި އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ހައްގައް ނަސްރުދެއްވާނެކަން. އެއީ ބިމުގެ ކުޑަ ކަމަކާ އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން." ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، މިއަދުގެ ސަރުކާރު ވެސް ވެގެންދަނީ ދިވެހިންގެ މިނިވަންކަމަށް އެހެން ބޭރުގެ ބާރަކުން ކުޅުމުގެ ފުރުސަތު ނުދޭނެ ސަރުކާރަކަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ހުއްޓާނުލާ މަސައްކަތްކުރައްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދާނަން. ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއްކަމުގައި ހަދާނަން. އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު." އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
