މާލެ: 31°C

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
April 12, 2023
2 ފަހަރު ބަލާފައި
އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އަލި ރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި މާލޭ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބިލިއުއެސް.ސީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެމ.ްޑަބިލިއ.ުއެސް.ސީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސްް، ކަލްޗާރ އެންޑް ހެރިޓޭޖް އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އިސްވެރިޔާ މުހައްމަދު ތާރިގް އާއި، ފަންނާއި ތަރިކައިގެ ވަޒީރުގެ ނައިބު އަހުމަދުﷲ ޖަމީލްގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ހައްވާ ނަޒްލާ އަދި ހެރިޓޭޖް ސެކްޝަންގެ އެކްޓިންގ ހެޑް ޒަހާ އަހުމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމ.ްޑަބިލިއ.ުއެސް.ސީގެ އިސް ވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ. މި އެއްބަސްވުމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ މަރުކަޒުގެ އިސްވެރިޔާ، މިނިސްޓާރ އޮފް ސްޓޭޓް ފޮރ އާޓްސްް ކަލްޗާރ އެންޑް ހެރިޓޭޖް މުހައްމަދު ތާރިގެވެ. އަދި އެމ.ްޑަބިލިއ.ުއެސް.ސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާރ ހަސަން ޝާހުއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނުގެ ހައްގުގައި ޖިހާދު ކުރައްވާ ޝަހީދުވި އަލިރަސްގެފާނުގެ ޒިކުރާ އާކޮށް ދިވެހި ރާއްޖޭގެ މުހިންމު އާސާރީ ތަރިކަތަށް އާބާތުރަފިލުވައި ރައްކާތެރި ކަމާއެކު ގިނަދުވަހު ދެމިހުންނާނެ ގޮތަށް ސާފުކޮށް ރީތިކޮށް މީހުންނަށް ފެނާނެ ގޮތަށް ބެލެހެއްޓުމެވެ. 1 އަހަރު ދުވަހުގެ މުއަދަތަކަށް މި އެއްބަސްވުން ވެފައިވާއިރު، މައިގަނޑު ތިން ކަމެއް ކުރުމަށް އެމ.ްޑަބިލިއ.ުއެސް.ސީ އާ ވަނީ ހަވާލު ކޮށްފައެވެ. އެއީ އަލިރަސްގެފާނު ޒިޔާރަތް ސާފުކޮށް ބެލެހެއްޓުމާއި، އަލިރަސްގެފާނު ޒިޔާރަތުގައި ކެމެރާ ހަރުކުރުމާއި، ފާރުތަކުގައާއި ގޭޓުގައި ކުލައާއި ދަވާދުލައި އެޒިޔާރަތުގެ ދިދަ ދަނޑި މަރާމާތު ކުރުމާއި ދިއްލޭގޮތަށް ހެދުމާއި، އެތަނުގައި އާންމުންނަށް ފެންނާނެގޮތަށް މައުލޫމާތު ބޯޑު ހަރުކުރުމެވެ. ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލިރަސްގެފާނުގެ ޒިޔާރަތުގެ އާބާތުރަފިލުވައި ޒީނަތްތެރި ކުރުމުގެ މަސައްކަތާއި އެމ.ްޑަބިލިއ.ުއެސް.ސީ އިން ހަވާލުވެފައިވާއިރު، އެފަދަ ބިނާތަށް ރައްކާތެރިކޮށް އަންނަން އޮތްޖީލުތަކަށް ފޯރުކޮށް ދިނުމުގައި ބައިވެރިވުމުގެ ގޮތުން ބައެއް އެހެން ކުންފުނި ތަކުން ވެސް ދަނީ އާސާރީ ބިނާތަށް ބަލަހައްޓަމުންނެވެ. އެގޮތުން މާލޭ ހުކުރު މިސްކިތާއި، މުންނާރު އަދި މެދު ޒިޔާރަތް އާބާތުރަފިލުވައި ޒީނަތްތެރި ކުރުމުގެ ބައެއް މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިހާރު ވެސް ދަނީ ކުރަމުން ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ