އަލިފާނުގެ ހާދިސާތައް މަދުކުރަން، ހޭލުންތެރިކުރުމުގެ ހަފުތާއެއް!

އަލިފާނުގެ ހާދިސާތައް މަދުކުރަން، ހޭލުންތެރިކުރުމުގެ ހަފުތާއެއް!
ލިޔުން:
އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޓަކައި އާއްމުން ހޭލުންތެރި ކުރުމުގެ ހަފުތާއެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އޮިން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި "ފަޔަ ޕްރިވެންޝަން ވީކް"ގެ ނަމުގައި 2012 ވަނަ އަހަރުން ފެށިގެން ކޮޮންމެ އަހަރަކު ވެސް ފާހަގަ ކުރަމުން އަންނަ ހަފުތާ އަކީ ގޭބިސީތަކުގައި އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޓަކައި މީހުން ހޭލުންތެެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާ ހަފުތާ އެކެވެ. މިއަދު ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ފާހަގަކުރާ މިއަހަރުގެ ފަޔަ ޕްރިވެންޝަން ވީކްގެ ޝިއާރަކީ "ރޯވުމުގެ ކުރިން ސަމާލުވެ ލައްވާ" މި ޝިއާރެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮފްރާމްގައި އެމްއެންޑީއެފްގެ ފަރާތުން ވާހަކަ ދެއްކެވި ފަސްޓް ލެފްޓިނެންޓް އިސްމާއީލް އަހުމަދު ވިދާޅުވި ގޮތުގައި 2012 ވަނަ އަހަރުން ފަށައިގެން މިހިސާބަށް އައި އިރު ފަޔަ ޕްރިވެންޝަން ވީކް ވެފައި ވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮގްރާމް މެދުވެރިކޮށް އާއްމުންނަށް ވަރަށް ގިނަ ގުނަ މައުލޫމާތު މިހައިތަނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
" އާއްމު ރައްޔިތުންނަށް އަޅުގަނޑުމެންނާ [ހަމައަށް] ފަސޭހައިން ރީޗް ވެވޭ ކަހަލަ ދިމަ ދިމާލުގައި، އެގޮތުން ގިނަ ބޭފުޅުން އެއްވާ ސަރަހައްދުތައް ބަލައިގެން އެ ސަރަހައްދުތަކުގައި ެއަޅުގަނޑުމެން ޕްރޮފްރާމް ކުރިއަށް ގެންދާތީ ، ކޮންމެ ބޭފުޅަކަށް ވެސް ފަސޭހަކަމާ އެކު އެ ބޭފުޅަކު ބޭނުންވާ ސުވާލެއް ކޮށްލައި، އާއްމުކޮށް ގޭގޭގައި މި ހިނގާ އަލިފާނުގެ ހާދިސާތަކުން ދިމާވާ ނުރައްކާ ތަކުން ސަލާމަތްވުމަށް ޓަކައި ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިގެން ދާނެ،" އިސްމާއީލް ވިދާޅުވި އެވެ.
ވޮރެންޓް އޮފިސަރު ގްރޭޑް 3 އާސިމް ރަޝީދު ވިދާޅުވި ގޮތުގައި މިއަހަރުގެ ފަޔަ ޕްރިވެންޝަން ވީކްގައި މައުލޫމާތު ދޭނެ ކަންތައްތަކުގެ ތެރޭގައި ރައްކާތެރި ގޮތުގައި ކައްކާ ގޭސް ބޭނުންކުރުމާއި ބެހޭ މައުލޫމާތި އިމާރާތްތަކުގައި ހުން ފަޔަ ޕްރޮޓެކްޝަން ނިޒާމުތަކުގެ ބޭނުން ފުރިހަމައަށް ކުރުން ހިމެނެ އެވެ. އަލިފާނުގެ ހާދިސާއެއް ހިނގައި ފިނަ އިމާރާތްތަކުން މީހުން ހުސްކުރުމުުގައި އަމަލުކުރަންވީ ގޮތްތަކުގެ މައުލޫމާތު ވެސް އެ ޕްރޮގްރާމްގައި އާއްމުންނަަށް ދޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
