މާލެ: 31°C

އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު ބަންގުލަދޭޝް މީހުންގެގާތަށް ބަންގްލަދޭޝް ސަފީރު ޒިއާރާތް ކުރައްވައިފި

January 9, 2023
2 ފަހަރު ބަލާފައި
އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު ބަންގުލަދޭޝް މީހުންގެގާތަށް ބަންގްލަދޭޝް ސަފީރު ޒިއާރާތް ކުރައްވައިފި
އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު ބަންގުލަދޭޝް މީހުންގެގާތަށް ބަންގްލަދޭޝް ސަފީރު ޒިއާރާތް ކުރައްވައިފި
މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައިޖެހުނު ބަންގުލަދޭޝް ރަތްޔިތުންގެ ހާލު ބައްލަވަން، ބަންގުލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ރެއާ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އާޒާދު ޒިއާރާތް ކުރައްވައިފި އެވެ. މިއަދު ހިންގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުންނަ މާލޭ ސިޓީކައުންސިލްގެ ބޭރު މުއައްޒިފުން ތިބޭ އެކަމަޑޭޝަން ބްލޮކް ވަނީ އަނދައި ހުލިވެފައެވެ. އެހާދިސާގައި އެކަމަޑޭޝަންގައި ދިރިއުޅޭ އެއްވެސް މީހަކަށް އެކަމަކު އަނިޔާއެއް ލިބފައެއްނުވެއެވެ. އެމީހުން ވަގުތީ ގޮތުން ދިރިއުޅޭނެ ތަނެއް ހަމަޖެހެންދެން އެމީހުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލް ގައި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. މިހާދިސާ ހިނގުމުން ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއީޒު ވަނީ އެސަރަހައްދަށް ގޮސް އެމީހުންގެ ހާލުބަލާފައެެވެ. ބިދޭސީ މުއައްޒިފުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައި ދިނުމަށް މާލެ ސިޓީކައުންސިލާއި ކަމާގުލޭ އެހެނިހެން އިދާރާ ތަކުން ދަނީ މަސައްކަތް ކުރަނުންނެވެ. މިއަދު ފަތިހު 5:43 ކަންހާއިރު މާލޭގައި ހުންނަ ނީލަން ފިހާރާގައި ހިންގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ. ނަމަވެސް އެސަރަހައްދުން އަދިވެސް ދަނީ ބޯކޮށް ދުން އަރަމުން ނެވެ. ފުލުހުން މިއަދު ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ބޯކޮށް ދުން އަރަމުންދާތީ އާންމުން އެސަރަހައްދަށް ދިއުން ރައްކާތެރިއެއް ނޫންކަމަށެވެ. ހާލުގައި ޖެހުނު ބިދޭސީ މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައި ދިނުމަށް ޑިޒާސްޓާ މެނޭޖުމަޓް އޮތޯރެޓީ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ