މާލެ: 31°C

އަލިފާނުގެ ހާދިސާ: ފިއްލަދޫ ގެއެއްް އަނދާ ހުލިވެއްޖެ

އަލިފާނުގެ ހާދިސާ: ފިއްލަދޫ ގެއެއްް އަނދާ ހުލިވެއްޖެ
June 1, 2023
3 ފަހަރު ބަލާފައި
އަލިފާނުގެ ހާދިސާ: ފިއްލަދޫ ގެއެއްް އަނދާ ހުލިވެއްޖެ
ހއ. ފިއްލަދޫގައި އުމުރުން ދުވަސްވީ ދެމަފިރިން ދިރިއުޅެމުން އައި ގެއެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ. ރޭ ދަންވަރު މިއަލިފާނުގެ ހާދިސާ ހިނގީ ފިއްލަދޫ  ހިތަށްފިނިވާގެއެވެ.

އެ ވަގުތު އެ ގޭގައި އުމުރުން ދުވަސްވީ ދެމަފިރިންގެ  އިތުރުން ތިން ކުޑަކުދިންނާއި ދެ އަންހެނަކު ވެސް ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ރޯވި ގެ ބޭނުން ނުކުރެވޭ މިންވަަރަށް އަނދައިފައިވާއިރު، އެ ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔަ މީހުން މިވަގުތު ތިބީ ވަގުތީ ހިޔާއެއްގައެެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްވެގެންނެވެ. ރޯވުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ ރަށު ރައްޔިތުން ނިކުމެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ