
އަލިފާން ރޯވި އެފްކޮންސްގެ ސައިޓުން މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ
އަލިފާން ރޯވި އެފްކޮންސްގެ ސައިޓުން މީހެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ
ލިޔުން:
ސިނަމާލެ ބުރިޖުގެ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްގައި ހުކުރު ވިލެރޭ ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ގެއްލިގެން މީހަކު ހޯދަމުން ދަނުކޮށް އެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅޭ މީހަކު މަދުކަން ފާހަގަ ކުރެވުމުން އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން މިއަދު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ވަނީ ފެނިފައި ކަމަށެވެ. އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ތަހްލީލްތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ގުޅިފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވިއެވެ. މީގެތެރެއިން ޓްރީޓޮޕްގައި 63 މީހަކަށް ފަރުވާދެމުންދާއިރު އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މީގެތެރެއިން 6 މީހަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުންނަންކަމަށް މައުލޫމާތުލިބެއެވެ. އަލިފާނުގެ ހާދިސާ ހިނގި އެކެމަޑޭޝަން ބްލުގައި 465 މީހުން ދިރިއުޅޭކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
