އަލިފާން ރޯވި ދޯނި ފެތިއްޖެ، މީހުން ސަލާމަތްވި

އަލިފާން ރޯވި ދޯނި ފެތިއްޖެ، މީހުން ސަލާމަތްވި
ލިޔުން:
ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް މިއަދު އަލިފާން ރޯ، "ނޫރު-2" ނަމަކަށްކިޔާ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި އެ ދޯނިން ދަތުރުކުރި ހަތަރު ފަޅުވެރިން ލ.މާވަށުގެ ދެކުނުން ހަ ނޯޓިކަލް މޭލު ބޭރުން، ކަނޑުމަތިން، އެމްއެންޑީއެފްގެ އުޅަނދަކަށް ނަގައިގެން މިހާރު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
[embed]https://minivan.mv/81531/[/embed]
ނޫރު ދޯނީގައި އަލިފާން ރޯފިކަމުގެ މައުލޫމާތު ފުރަަތަމަ ދިން އިރު އެމްއެންޑީއެފުން ބުނީ އެއީ މަސްދޯންޏެއް ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ސާފުކޮށް ފަހުން މައުލޫމާތު ދިން ގޮތުގައި އެއީ މުދާ އުފުލާ ދޯންޏެކެވެ. އަލިފާން ރޯވި އިރު އެދޯނި ދަތުކުރަމުން ދިޔައީ ރ. އަތޮޅުގެ ރަށަކުން ފުރައިގެން ރޮބިންސަން އައިލެންޑް ރިސޯޓަށެެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 7:15 އެހާކަށް ހާއިރު އެވެ. އެ ދޯންޏާއި މީހުން ސަލާމަތްކުރަން ކޯސްޓްގާޑްގެ ސިފައިން އެވަގުތުން ފެށިގެން ހަރަކާތްތެރިވާން ފެށި ނަމަވެސް، ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް އުޅަނދު ދިޔަ އިރު ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
