ދީނީ ކަންކަމުގައި ރާއްޖޭގައި ނުޒޫޒް ގަދަ ސަލަފް ޖަމިއްޔާ ދޫކޮށްލުމަށްފަހު އަލީ ރަމީޒް އަމިއްލަ ޖަމްއިއްއެއް އުފައްދައިފިއެވެ.
ރާއްޖޭގައި އުފެދުނު އެއްމެ ކާމިޔާބް ލަވަކިޔުންތެރިތޔާ 2003 ވަނަ އަހަރު މިއުޒިކް ދޫކޮށްލުމަށް ފަހު ސަލަފް ޖަމިއްޔާގައި އިސްދައުރެއް އަދާކުރަމުންއައި އަލީ ރަމީޒް ކުއްލިގޮތަކަށް ސަލަފް ޖަމިއްޔާއިން ވަކިވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިވަނީ އަމިއްލަ ޖަމިއްޔާއެއް އުފެއްދެވިކަން އަލީ ރަމީޒް ގެ ފޭސްބްކު ގައި ހާމަކޮށްފައެވެ.
އެކަން ހާމަކޮށް އަރީ ރަމީޒް ގެ ފޭސްބްކް ގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވަނީ އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމަށާއި އިސްލާމީ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި "މަންފާ" ގެ ނަމުގައި ޖަމްއިއްޔާ އެއް އުފައްދަވާފައިވާ ކަމަށެވެ.
ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުން: އިސްލާމް ދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދީ، އިސްލާމީ ދަންމަރު މިދީބުގައި ނެގެހެއްޓުމުގެ މަތިވެރި ނިޔަތާއެކު، ދީނީ، އިންސާނީ އަދި އިޖްތިމާޢީ ރޮނގުން އިސްލާމީ އުއްމަތަށް މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ މާތް މަޤްޞަދުގައި އަޅުގަޑުމެން ޖަމްޢިއްޔާއެއް އުފައްދައި، މި ޖަމްޢިއްޔާއަށް "މަންފާ" ގެ ނަމުން ނަންދީ ރަޖިސްޓްރީ ކުރިކަމުގެ އުފާވެރި ޚަބަރު ތިޔަ ލޮބުވެތި އަޚުންނާ އުޚުތުންނަށް އަރުވަމެވެ." އަލީ ރަމީޒްގެ ޕޯސްޓް ގައި ބުނެފައިވެއެވެ.
2003 ވަނަ އަހަރު ލަވަކިޔުން ހުއްޓާލައި ދީނީ ކަންކަން ރާވައި ހިންގުމުގައި ޚަރަކާތްތެރިވުމުމުގެ ގޮތުން 2006 ވަނަ އަހަރު ސަލަފް ޖަމްއިއްޔާއާއި ގުޅުނު އަލީ ރަމީޒް ސަލަފް ޖަމިއްޔާ އިން ވަކިވިކަން އިއުލާންކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާގެ ފޭސްބްކްގައި ކުރި ޕޯސްޓަކުންނެވެ. ނަމަވެސް އަލީ ރަމީޒް އެ ޖަމްއިއްޔާއިން ވަކިވިޮ ސަބައެއް ހާމަކޮށްފައެއް ނުވެއެވެ.







