
އަޅުގަނޑުގެ ވެރިކަމުގައި 30،000 ހައުސިން ޔުނިޓް އާޅާނަަން: ގާސިމް
އަޅުގަނޑުގެ ވެރިކަމުގައި 30،000 ހައުސިން ޔުނިޓް އާޅާނަަން: ގާސިމް
ލިޔުން:
އެ މަނިކުފާނުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް އޮތް ދަތިތަކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޖުމްޖޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެގޮތުން އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ، މުޅި ރާއްޖޭގައި 20،000 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށާއި ޓާގެޓަކީ، 30،000 ހައުސިން ޔުނިޓް، ކަމަަށް ގާސިމް ވިދާޅުވިއެވެ.
މިރޭ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައި ގަތުމަށް ފަހު ވާހަކަދައްކަވަމުން، ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ގިނަ އަދަދެއްގެ ބޯހިޔާވަހިކަމުގެ ޔުނިޓް ގާއިމް ކުރެއްވުމުގެ އިތުރުން ފުރަތަމަ 100 ދުވަސް ތެރޭގައި ހިޔާ ފްލެޓް ގެ ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށެވެ.
" ހިޔާ ފްލެޓް ތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހު ހައްލު ކުރުމަށް އިސްކަންދީ ޓަވަރު ތަކުގައި އިތުރު، އެލަވޭޓަރާ ބެކަޕް ޖަނެރޭޓަރު ބަހައްޓާ، ހިޔާ ނޭބާހުޑް ޕާކުތައް ތަރައްގީ ކުރާނަން " ގާސިމް ވިދާޅުވިއެވެ.
މިރޭ ޖޭޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ގާސިމް އަށް ވަނީ އަރުވާ ފައެެވެ. ގާސިމްގެ މެނިފެސްޓޯގެ ބައެއްކަންކަން މިރޭ ހިއްސާ ކުރެއްވި ނަމަވެސް އަދި މުޅި މެނިފެސްޓޯ އާންމު ނުކިރައްވައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
