
"އަޅުގަނޑު މިއަދު މަޖިލީހުގައި ހާދަ އަހުލާގު ރަނގަޅޭ": ޖާބިރު
"އަޅުގަނޑު މިއަދު މަޖިލީހުގައި ހާދަ އަހުލާގު ރަނގަޅޭ": ޖާބިރު
ލިޔުން:
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަހުލާގު މިއަދު މަޖިލީހުގައި ވަރަށް ރަނގަޅުކަމަށް އޭނާ އަމިއްލައަށް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަރުތަޅު އެޅިފައިވާ އިރު މިއަދުގެ ޖަލްސާގެ ރިޔާާސަތު ބަލަހައްޓަން ހަވާލުކޮށްފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފްއާއެވެ. ނަމަވެސް ޖަލްސާ ފެށުމާއެކު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ނިޒާމީ ނުކުތާތަށް ނަންގަވަން ފެށުމުން މިއަދު ވެސް ވަނީ ޖަލްސާ ހޫނުވެ ކުރިޔަށް ނުގެންދެވިގެން މެދު ކަނޑާލާފައެވެ.
މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން އެކުލަވާ ލުމާ ގުޅޭ މައްސަލައެވެ.
ނަމަވެސް ޖަލްސާ ފެށިގެން އައިއިރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހަޅަމުން ދަނިކޮށް، މެމްބަރުން ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވާތީ މަޖިލިސް މެދުކަނޑާލާ އަލުން ފަށައިގެން ކުރިއަށް ދިޔައިރު މިއަދު 12 ޖެހިއިރުވެސް މައްސަލަ ހުށަހަޅާ ނުނިމުނެވެ.
އެހެންކަމުން، އެކަމާ މެދު ނުރުހުން ފާޅުކުރައްވައި ޖާބިރު ވަނީ މަޖިލިސް ކޮޅެއްގައި ޖެއްސުމަށް އަފީފްއަށް ގޮވާލައްވައިފައެވެ.
"މިއަދު އަޅުގަނޑު ހިތައް އަރާ އަަޅުގަނޑު ހާދަ އަހުލާގު ރަނގަޅޭ." ޖާބިރު ވިދާޅުވިއެވެ.
"މިއަދު މިކަން ނިންމާފައޭ އަޅުގަނޑު ދާނީ. ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރާނީ ވަރަށް މަތިންނޭ. އޮޕަރޭޓް ވަމާ ހިނގާށޭ. ވަގުތު ސަލާމަތް ކުރައްޗޭ." ޖާބިރު މިއަދު އިތުރަށް ވިދާޅުވިއެވެ.
ޖާބިރަކީ އާއްމުކޮށް މަޖިލީހުގައި ނިޒާމީ ނުކުތާ ނަންގަވާ ބަހުސް ކުރައްވާ ބޭފުޅެކެވެ. އަދި އެތަށް ފަހަރަކު އެނާގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައިވެއެވެ. ނަމަވެސް މި ދުވަސް ވަރު މަޖިލިސް ހަލަބޮލިވެގެން އުޅޭއިރު ޖާބިރު އަޑު ގަދަ ކުރައްވާތަނެއް މާބޮޑަކަށް ނުފެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
