މާލެ: 31°C
އަޅުގަނޑާއި ދިމާއަށް އެއްޗެއް ބުނެގެން ފިޔަވަޅެއް ނާޅާނަން: ރައީސް

އަޅުގަނޑާއި ދިމާއަށް އެއްޗެއް ބުނެގެން ފިޔަވަޅެއް ނާޅާނަން: ރައީސް

March 9, 2024
2 ފަހަރު ބަލާފައި
އަޅުގަނޑާއި ދިމާއަށް އެއްޗެއް ބުނެގެން ފިޔަވަޅެއް ނާޅާނަން: ރައީސް

މީހަކު ހިތްހަމަ ނުޖެހިގެން ބުނާ ބަހަކާހެދި ފިޔަވަޅު ނާޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ރައީސް ފާދިއްޕޮޅަށް ކުރައްވާ ދަތުރުފުޅުގައި، ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި މެދު ފާޑުކިޔަސް ފިޔަވަޅު ނާޅުއްވާނެ ކަމަށެވެ.
"އަޅުގަނޑާއި ދިމާލަށް އެއްވެސް މީހަކު އެއްޗެއް ބުނުމަކުންނެއް ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑު އަހަން. ކްރިޓިސައިޒްވެސް ކުރަންވާނެ އެއީ ޕޮޒިޓިވް ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ ވަރަށް ބޮޑަށް މަރުހަބާވެސް ކިޔާނަން. އަދި ހިތްހަމަނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޮފީހެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ފާޑުވިދާޅުވެގެން އެ އޮފީހުން ފިޔަވަޅު އެޅި ހަބަރު އެއްސެވެމުން ، އެ އޮފީހުގެ އެމްޑީއަށް ގުޅުއްވާ، އެކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީއަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި ކަންކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ކިބައިން، މިނިސްޓަރުން، އެމްޑީން، އަޅުގަނޑުމެންގެ އެމްޕީން މިހުރިރާ ބޭފުޅުންގެ ކިބައިން ފެނިވަޑައިގަންނަވާނީ ސާފު ބަހުން ތެދުބަހުން ވާހަކަ ދައްކާތަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ