"މިހާރު ހަމަ ގާތްގަނޑަކަށް އަޅުގަނޑުމެންގެ ހުރިހާ ފަންނީ، ޓެކްނިކަލް ހުރިހާ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައި އެވަނީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ހަމަ ވަރަށް އަވަހަށް ދެން ބާކީ ހުރި ހުރިހާ ކަންކަން ނިންމައިލައިގެން، އަޅުގަނޑުމެންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ކަމާބެހޭ މިނިސްޓްރީން ސަރުކާރުގެ ތެރެއިން ހުރިހާ ތަފްސިލަކާ އެކީގައި ދާދި އަވަހަށް އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް ލޯން ސްކީމު ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ލޯނުތައް ލަސްވި ނަމަވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމަށެވެ.

އަލަށް ގެދޮރު އަޅަން ޚާއްސަ ލުއި ލޯނެއް ދޫކުރަން ފަށަނީ
އަލަށް ގެދޮރު އަޅަން ޚާއްސަ ލުއި ލޯނެއް ދޫކުރަން ފަށަނީ
ލިޔުން:
އަލަށް ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައިސް ވިދާޅުވީ އަމިއްލަ ގޯތި އޮވެ ގެދޮރު އިމާރާތްކުރާނެ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ މަސައްކަތް ނުކުރެވިތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެފަދަ ފަރާތްތަކަށް ސަރުކާރުން އިންޓްރެސްޓް ރޭޓް ފަސް ޕަސެންޓަށް ވުރެ ބޮޑު ނޫން އަދަދެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
