މާލެ: 31°C

އަޤްޞާ މިސްކިތު ގޯތިތެރޭގައި ޔަހޫދީން އަޅުކަން ކުރާ ބިނާއެއް ހަދާނެކަމަށް އިސްރާއިލްގެ ވަޒީރަކު ބުނެފި

އަޤްޞާ މިސްކިތު ގޯތިތެރޭގައި ޔަހޫދީން އަޅުކަން ކުރާ ބިނާއެއް ހަދާނެކަމަށް އިސްރާއިލްގެ ވަޒީރަކު ބުނެފި
August 27, 2024
2 ފަހަރު ބަލާފައި
އަޤްޞާ މިސްކިތު ގޯތިތެރޭގައި ޔަހޫދީން އަޅުކަން ކުރާ ބިނާއެއް ހަދާނެކަމަށް އިސްރާއިލްގެ ވަޒީރަކު ބުނެފި
އަޤްޞާ މިސްކިތު ގޯތި ތެރޭގައި ޔަހޫދީން އަޅުކަންކުރާ ބިނާއެއް ހަދާނެކަމަށް އިސްރާއިލްގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބުނެފިއެވެ. އިސްރާއީލް ގެ އާމީ ރޭޑިއޯގައި ވާހަކަ ދައްކަމުން އެ ގައުމުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ބުނެފައިވަނީ އަޤްޞާ މިސްކިތުގައި ޔަހޫދީންނަށް އަޅުކަން ކުރުން އެގައުމުގެ ސަރުކާރުން މަނާކށްްފައި އޮތުމަކީ އިހްމާލެއްކަމަށާއި، އޭނާއަށް އެކަން ކުރެވެން އޮތްނަމަ އެ މިސްކިތު ގޯތި ތެރޭގައި ޔަހޫދީން އަޅުކަންކުރުމަށް ބިނާއެއް ހަދާދޭނެ ކަމަށެވެ. އެކަމާ ގުޅިގެން އެ ގައުމުގެ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް ވަނީ ގައުމީ ސަލާމަތާބެހޭ ވަޒީރުގެ ވާހަކަ ކުއްވެރި ކޮށްފައެވެ. ދިފާއީ ވަޒީރު ބުނެފައިވަނީ ގައުމީ ސަލާމަތާބެހޭ ވަޒީރުގެ ވާހަކަ އަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއްކަމަށާއި، އެފަދަ ކަމެއްގެ ސަބަބުން ޔަހޫދީންނަށާއި މުސްލިމުންނަށް ގެއްލުންވާނެކަމަށާއި އަދި މަޝްރަހު ސުލްހަ ކުރުމަށްވެސް ހުރަސް އެޅޭނެ ކަމަށެވެ. ގައުމީ ސަލާމަތާބެހޭ ވަޒީރު ބެން ގްވީރު ހޯމަ ދުވަހު ތަކުރާރުކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި ޑިފެންސް މިނިސްޓަރ ގަލަންޓް ބުނެފައިވަނީ އަގްސާ މައްސަލާގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންގުޅޭ ސިޔާސަތައް ބަދަލު ނާންނަ ކަމަށާއި، ޔަހޫދީންނަށް އަޤްޞާ ތެރެއަށް ވަދެ އަޅުކަން ކުރުން އަދިވެސް މަނާކޮށްފައި އޮންނާނެކަމަށެވެ. އިސްރާއީލުން ދަމަހައްޓާފައިވާ ސްޓޭޓަސް ކުއޯގެ ދަށުން މުސްލިމުން ނޫން އެހެން މީހުންނަށް އެ މިސްކިތަށް ވަކި ގަޑިތަކެއްގައި ޒިޔާރަތް ކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް އެ މީހުންނަށް އެ ތަނުގައި ނަމާދުކުރުމާއި ދީނީ ކަންކަން ކުރުމުގެ ހުއްދައެއް ނޯވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ