އައިޝްވާރިއާ އެއްވެސް ކަމެއްގައި އަހަރެންގެ ހުއްދައެއް ބޭނުމެއް ނުވާނެ: އަބީޝޭކް

އައިޝްވާރިއާ އެއްވެސް ކަމެއްގައި އަހަރެންގެ ހުއްދައެއް ބޭނުމެއް ނުވާނެ: އަބީޝޭކް
ލިޔުން:
ހުނަރުވެރި ބަތަލާ އައިޝްވާރިއާ ރާއީ އެއްވެސް ކަމެއް ކުރުމުގައި ފިރިމީހާ އަބީޝޭކް ބައްޗަންގެ ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށް އޭނާ ބުނެފިއެވެ.
އޭނަ މިހެން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިއާގެ އެންމެ ފަހުގެ ފިލްމު "ޕޮނިޔިން ސެލްވަން (ޕީއެސް) 2" ބެލުމަށްފަހު އެ ފިލްމަށް ތައުރީފުކޮށް، ކުރި ޓްވީޓަކާ ގުޅިގެން މީހަކު ބުނި އެއްޗަކަށެވެ.
އެގޮތުން އަބީޝޭކް އެ ފިލްމަށް ތައުރީފުކޮށް ބުނެފައިވަނީ އެއީ "ފެންޓާސްޓިކް" ފިލްމެއް ކަމަށާއި އޭނާ ހުރީ ފިލްމަ ބަލާ ނިމުނުއިރު ބަސް ހުއްޓިފައި ކަމަށެވެ. އަދި އަބީޝޭކް ވަނީ މުޅި ޓީމަށް މަރުހަބާކިޔައި، އައިޝްވާރިއާއި މެދު ވަރަށް ފަހުރުވެރިވާ ކަމަށް ބުނެފައެވެ.
"މިއީ މިހާތަނަށް އައިޝްވާރިއާގެ އެންމެ ބެސްޓ ފިލްމްް." އަބީޝެކް ބުންޏެވެ.
އަދި އޭނާގެ ޓްވީޓަށް "އަންޕެއިޑް ޕީއެސް2 މާކެޓިން މެނޭޖަރ" ގެ ނަމުގައި ހަދާފައިވާ ޓްވީޓަކުން ވަނީ އައިޝްވާރިއާ ގިނަ ފިލްމުތަކަށް ސޮއިކުރުމަށް ހުއްދަ ދިނުމަށާއި އަދި އަބީޝޭކް ދަރިފުޅު ބަލަން ގޭގައި މަޑުކުރުމަށް އެދިފައެވެ. އެއަށް ރައްދުދެމުން އަބީޝޭކް ބުނީ އައިޝްވާރިއާ އެއްވެސް ކަމެއް ކުރުމުގައި އަހަރެންގެ ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޭނަ ލޯބިކުރާ ކޮންމެ ކަމެއް އޭނާައަށް ކުރެވޭނެ ކަމަށްވެސް އަބީޝޭކް ބުންޏެވެ.
މީގެ އިތުރުން ބައެއް ސަޕޯޓަރުން ވަނީ އައިޝްވާރިއާ އާއި އަބީޝޭކް އެކުގައި މަސައްކަތް ކުރާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށް ބުނެފައެވެ. ދެމަފިރިން އެންމެ ފަހުން އެކުގައި ފެނިގެންދިޔައީ މަނީ ރަތްނަމްގެ ޑައިރެކްޓަރ "ގުރޫ" އިންނެވެ. އެ ފިލްމު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގެ ހިޓް ފިލްމެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
