
އެއާޕޯޓްގެ ސެކިއުރިޓީ ޕްރޮޓޮކޯލާމެދު ސުވާލު އުފެދިއްޖެ
އެއާޕޯޓްގެ ސެކިއުރިޓީ ޕްރޮޓޮކޯލާމެދު ސުވާލު އުފެދިއްޖެ
ލިޔުން:
އެއާޕޯޓަށް ފުރަން ގޮސްހުރި ބިދޭސީ ފަސިންޖަރު ރުޅިވެރިކަމާއެކު ހިނގާފައި ގޮސް ފުރަތަމަ ހަމަލާދެނީ އެއާލައިން ސްޓާފަކަށެވެ. އެވަގުތު އެތަނުގައި ހުރި އެއާޕޯޓްގެ ގްރައުންޑް ސްޓާފަކު އެފަސެންޖަރު ކޮށްޕާލުމާއެކު އެނބުރި އައިސް އެކުއްޖާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލިއެވެ. އެހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރުން ކައިރީގައި ތިއްބެވެ. އެކަން ހުއްޓުވުމަށް އެމީހުންނަށް އެޅުނު ފިޔަވަޅެއް ނުފެނުނެވެ. ތިބީ ހައިރާންވެ މަންޒަރު ބަލާށެވެ. ރުޅިގަދަވެފައި ހުރި ފަސެންޖަރު އެސަރަހައްދުން ދުރަށް ގެންދަނީ ބިދޭސީ އެހެން ފަސެންޖަރެއްކަން އެހާދިސާގެ ވީޑިއޯ ދިރާސާކޮށްލުމުން ސާފުވެއެެވެ.
މި ހާދިސާއާ ގުޅިގެން އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައި ވަނީ އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށްޓަކައި އެއާޕޯޓުގައި އަބަދުވެސް ތައްޔާރީ ހާލަތުގައި ޓީމެއް ގާއިމްކުރާނެ ކަމަށެވެ. މިއަދުގެ ހާދިސާއާ ގުޅިގެން އޭނާ ވަނީ އެއާޕޯޓްގެ ސެކިއުރިޓީ ޕްރޮޓޮކޯލާމެދު ސުވާލު އުފައްދާފައެވެ. އަދި ސީނަށް ފުލުހުން ދިޔަލެއް ލަސްވުމާއި އެއާޕޯޓް ސެކިއުރިޓީން އެކަށީގެންވާ ހަލުވިމިނެއްގައި، ހަރުދަނާ ފިޔަވަޅެއް ނޭޅުނީތީ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މާރާމާރީ މިހިނގީ އެއާޕޯޓްގެ ސެކިއުރިޓީ ކަންކަން ހަރުދަނާކުރުމާ ގުޅޭ ކޮންފަރެންސެއް، ކަމާގުޅޭ ހުރިހާ ދާއިރާތައް ގުޅިގެން ކްރޮސްރޯޑް ރިސޯޓުގައި ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
"އެކަކު މޫނުމަތީގައި ޖަހާފައި އަނެއްކާ ގޮސް އަނެއް މީހާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލިއިރުވެސް އެއާޕޯޓްގެ ސެކިއުރިޓީ ސްޓާފުން ތިބި. އެކަން ހުއްޓުވުމަށް ކުރެވުނު ކަމެއް ނެތް. މިކަން މިއަށްވުރެ ސީރިއަސް ލެވެލްއަކަށް ދިޔަ ނަމަ ކަންތައް ވާނެ ގޮތެއް ވެސް ނޭނގެ. އެއާޕޯޓުގައި އޮންނަ ކްއިކް ރެސްޕޯންސް ޓީމާއި އެޕްރޮޓޮކޯލުގެ ހާލަތާމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާދިސާއިން ފެނިއްޖެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުގައި ސަލާމަތީ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ނެތްކަން ޔަގީންވެގެން ހިނގައްޖެ،" އެމަންޒަރު ވަރަށް ގާތުން ދުށް ދިވެހި ފަތުރުވެރިއަކު މިނިވަންއަށް ކިޔައިދިނެވެ. "މިވާހަކަ ދައްކަން އެބަ ޖެހޭ. މިއީ ގައުމުގެ ނޭޝަނަލް ސެކިއުރިޓީއާ ގުޅިފައިވާ ކަމެއް. މިއަދު ކުޑަކަމެއް، މާދަމާ ދިމާވާނީ ކިހާވަރެއްގެ ކަމެއްކަން ކާކަށް އެނގެނީ. އަހަރެން އެކަންކަމަށް ތައްޔާރު ނޫންކަން މިއެނގުނީ. ވަރަށް ނުރައްކާ."
އެއާޕޯޓުގެ ގްރައުންޑް ސާވިސްގެ ސްޓާފަކު ނޫހުގައި އޭނާގެ ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ މިއަދުގެ ހާދިސާގައި ފުލުހުން އައިސް، ހަމަލާ ދިން މީހާ ހައްޔަރުކުރީ މުއާލާތް ކެނޑުނު ފަހުންނެވެ. އަދި މީގެ ކުރިން ވެސް ޗެކިން ކައުންޓަރުގައި ތިބޭ ސްޓާފުންނަށް އިންޒާރު ދިނުމުގެ ހާދިސާތައް ހިނގާފައި ވާއިރުވެސް އެއާޕޯޓްގެ ސެކިއުރިޓީން އެކަންކަމަށް އެކަށީގެންވާ ގޮތެއްގައި އެޓެންޑްކޮށްފައެއް ނުވެއެވެ.
ހާދިސާގެ ތަފްސީލް ހާމަކުރުމަށް އެއާޕޯޓްސް ކޮމްޕެނީން އިންކާރު ކުރަމުން ބުނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެޗެ.
"އެއާޕޯޓުން ޖެހޭނެ ރައްޔިތުންނަށް މިކަމުގެ މައުލޫމާތާއި ކަންހިނގާދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށް ކިޔައިދޭން. ބޭރު މީހަކު ގޮސް އެއާޕޯޓުގައި މަސައްްކަތްކުރާ ދިވެހި ދެ ސްޓާފުންނަށް ހަމަލާ ދިނީމަ ފުލުހުންގެ ތަހުގީގޭބުނެ ބޮލުން ނައްޓައެއް ނުލެވޭނެ،" އަލީ މޫސާ ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި ނުރުހުން ފާޅުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
