މާލެ: 31°C
އެއާ އެމްބިއުލާންސުން މިހާތަނަށް 75 ދަތުރުކޮށްފި

އެއާ އެމްބިއުލާންސުން މިހާތަނަށް 75 ދަތުރުކޮށްފި

April 8, 2024
2 ފަހަރު ބަލާފައި
އެއާ އެމްބިއުލާންސުން މިހާތަނަށް 75 ދަތުރުކޮށްފި
އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިފަހުން 75 ދަތުރު ކޮށްފައިވާކަމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ މާޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ހިދުމަތް ދެމުން އަންނަނީ އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ. އައިލެންޑް އޭވިއޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފެށިފަހުން އެމަޖެންސީގައި ބަލިމީހުން އުފުލުމަށް މިހާތަނަށް 75 ދަތުރު ކާމިޔާބުކަމާއެކު ފުރިހަމަ ކުރެވިފައިވާކަމަށެވެ. https://twitter.com/MaldivianAero/status/1777240942556127734 އައިލެންޑް އޭވިއޭޝަނުން އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް މިހާރު ދެ އުޅަނދެއް ބޭނުން ކުރެއެވެ. އެއީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓަކާއި، މޫދައްޖައްސާ ބޯޓެކެވެ. ސަރުކާރުން ދަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކަށްވެސް ފެށުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ކައިރު މުސްތަގުބަލެއްގައި ސްރީލަންކާއަށް ބަލިމީހުން އުފުލަން ފަށާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިހިދުމަތް ލަންކާއަށް ފެށުމަށްޓަކައި އެގައުމުން ހުއްދަ ލިބިފައިވާކަމަށްވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ