
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
ލިޔުން:
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތްދޭން މިއަދު ފަށައިފިއެވެ.
މިއަދު ފެށި އެ ހިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.
މޫދަށް ޖައްސާ ބޯޓު ބޭނުންކޯށްގެން ފޯރުކޮށްދޭ މި ހިދުމަތް ހާއްސަ ކޮށްފައިވަނީ އެއާޕޯޓް ނުހުއްނަ ރަށްރަށުގެ އިތުރުން އެއާ ޕޯޓާ ދުރުގައި ހުންނަ ރަށްތަކަށެވެ.
މިކަމާއި ގުޅޭގޮތުން އިއްޔެ ހެލްތް މިނިސްޓަރު ހަލީލް ވިދާޅުވީ، ޤައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތެއް ފެށުމުން ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށްބޮޑަށް ފަސޭހަވެގެންދާނޭ ކަމަށެވެ.
މިނިސްޓަރު ޢަބްދުﷲ ހަލީލް ވިދާޅުވީ ޑޭޝް މަރުކާގެ ބޯޓުން އެއްފަހަރާ ދެ މީހުން އުފުލޭނޭ ކަމަށެވެ. މި ބޯޓަކީ 38 މީހުންގެ ޖާގައިގެ ބޯޓެއްކަމުން ކުރިއަށް އޮތްތަނުގައި ބަލިމީހުން އުފުލަންޖެހޭ އަދަދު އިތުރުކުރުމަށް އެއްވެސް ދަތިކަމެއް ނޯންނާނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ބޯޓުގައި ވެންޓިލޭޓަރާއި، އޮކްސިޖަންގެ އިތުރުން އެމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް އިންޖެކްޝަނުގެ އިތުރުންވެސް މެޑިކަލް އާލާތްތައް ހުންނާނެއެވެ.
މިނިސްޓަރު ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ޓެކްނީޝަނުންނާއި އެނޫން މީހުންވެސް ތަމްރީނުކޮށް ނިމިފައިވާކަމަށެވެ. މިގޮތުން މިހާރުވެސް 5 ނަރުހުންނާއި، 5 ޑޮކްޓަރުންގެ އިތުރުން 5 ޓެކްނީޝަނުން އެއާ އެމްބިއުލާންސްގެ ދަތުރުތަކަށް ފައްކާކޮށްފައިވާކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ބޭރަށް ފެށުމުގެ ގޮތުން އަވައްޓެރި ސްރީލަންކާއަށް އުދުހުމުގެ ހުއްދަ ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އިތުރު ގައުމުތަކުން ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
