މާލެ: 31°C
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަނީ

އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަނީ

March 14, 2024
2 ފަހަރު ބަލާފައި
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަނީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ. ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިމަހުގެ 1 ވަނަ ދުވަހު ފެށި މި ހިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާއިރު، ރައީސް މުއިއްޒު މިއަދު ވަނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޮއެއް ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވާފައެވެ. https://twitter.com/MMuizzu/status/1768186089356046446 މި ހިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ހާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ބޭރަށް ފެށުމުގެ ގޮތުން އަވައްޓެރި ސްރީލަންކާއަށް އުދުހުމުގެ ހުއްދަ ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އިތުރު ގައުމުތަކުން ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ