
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު ރައްކާތެރިވާނެ: އައިއޭއެސް
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު ރައްކާތެރިވާނެ: އައިއޭއެސް
ލިޔުން:
އެއާ އެމްބިއުލާންސުގެ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ ބޯޓު ރައްކާތެރިވާނޭކަމަށް އެކުންފުނިން ބުނެފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު އެއާ އެމްބިއުލާންސުގެ ހިދުމަތް ފަށާފައިވާއިރު، މިކަމުގައި ގެންގުޅޭ ބޯޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާގުޅޭގޮތުން އައިލެންޑް އޭވިއޭޝަނުން ބުނީ، މި ބޯޓުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެކުންފުނިން ބުނީ މި ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ، އެއާ އެމްބިއުލާންސުގެ ގޮތުގައި ބޭނުންކުރުމަށް ނިންމި މި ބޯޓް މިހާތަނަށް ބޭނުންކުރަމުން އައިސްފައިވަނީ އެކުންފުނީގެ ޝެޑިއުލް ދަތުރުތައް ކުރުމަށް ކަމަށެވެ.
މި ބޯޓު ތައްޔާރުކޮށްފައިވަނީ އެމަޖެންސީ ފަރުވާ ދެވޭގޮތައްކަން ފާހަގަކުރަމުން އައިލެންޑް އޭވިއޭޝަނުން ބުނީ މި ބޯޓުގައި އެމަޖެންސީ ފަރުވާއަށް ބޭނުންވާނެ އާލަތްތައް ހަރުކޮށްފައިވާކަމަށެވެ.
https://twitter.com/MaldivianAero/status/1763549066720579893
އައިލެންޑް އޭވިއޭޝަނުން ބުނީ އެކުންފުނިން އަބަދުވެސް އިސްކަން ދޭނީ ކްރޫއިންނާއި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށާފައިވާއިރު، މި ހިދުމަތުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވާނީ، ކުއްލި ހާލަތުގައި ބަލިމީހާއަށް ފަރުވާ ހޯދުމަށް މީގެކުރިން ހޭދަކުރަންޖެހުނު ވަގުތު ވަރަށްބޮޑަށް ކުރުވެގެން ދިއުންކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ ހަލީލް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މި ބޯޓުގައި އެމަޖެންސީގައި ދެ މީހުން އުފުލޭއިރު، ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކުރަން ބޭނުންވެއްޖެ ނަމަ އެކަންވެސް ކުރެވޭނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
