މާލެ: 31°C
އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޅުދުއްފުށިން މާލެއަށް

އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޅުދުއްފުށިން މާލެއަށް

March 2, 2024
2 ފަހަރު ބަލާފައި
އެއާ އެމްބިއުލާންސްގައި ފުރަތަމަ ބަލިމީހާ ކުޅުދުއްފުށިން މާލެއަށް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް އިއްޔެ ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ފުރަތަމަ ބަލި މީހާ އުފުލައިފިއެވެ. އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށިން ބަލި މީހަކު މާލެ ގެނެސްފައިވަނީ ރޭ ދަންވަރު 3:40 ހާއިރެވެ. ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިއްޔެ ފެށި އެ ހިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގައި، ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ. އެގޮތުން، އެކަމަށް ބޭނުންވާ ނަރުހުންނާއި، ޑޮކްޓަރުންގެ އިތުރުން ޓެކްނީޝަނުންނާއި އެނޫން މީހުންވެސް ތަމްރީނުކޮށް ނިމިފައިވާއިރު، މިހާރުވެސް 5 ނަރުހުންނާއި، 5 ޑޮކްޓަރުންގެ އިތުރުން 5 ޓެކްނީޝަނުން އެއާ އެމްބިއުލާންސްގެ ދަތުރުތަކަށް ފައްކާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ހިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ޚާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ބޭރަށް ފެށުމުގެ ގޮތުން އަވައްޓެރި ސްރީލަންކާއަށް އުދުހުމުގެ ހުއްދަ ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް އިތުރު ގައުމުތަކުން ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މި ހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ