
އޭއައިއޭ ކުންފުނީގެ ބޯޑަށް ޝަޒްރާ އައްޔަންކޮށްފި
އޭއައިއޭ ކުންފުނީގެ ބޯޑަށް ޝަޒްރާ އައްޔަންކޮށްފި
ލިޔުން:
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑަށް ސ.ފޭދޫ/މޫންލައިޓް ޝަޒްރާ ޝާކިރު އައްޔަން ކޮށްފިއެވެ.
އިއްޔެ ވަނީ އެ ކުންފުނީގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ޝަޒުރާ އައްޔަންކޮށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ޝަޒްރާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައެވެ.
[embed]https://twitter.com/pcb_gov/status/1663369003002400770?s=20[/embed]
ޝަޒުރާ ވަނީ މީގެ ކުރިން ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކްގެ އެޗްއާރް ރެޕްރެޒެެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ އެޑްމިނިސްޓްރޭޝަން މެނޭޖަރުކަން ވެސް ކުރައްވައިފައެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައެވެ.
އޭއައިއޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މިހާރު ހުންނެވީ ގައިސް ނަސީރު ކަމަށްވާއިރު، ކުންފުނީގެ ޗެއާމަނަކީ އަޒާން އަހުމަދު ޒުހައިރެވެ. އެ ކުންފުނި އުފެއްދީ 2011 ވަނަ އަހަރުއެވެ. އަދި އޭއައިއޭ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެސްޓީއޯގެ އިތުރުން ޗަމްޕާ ހުސައިން އަފީފުގެ ކާސާ ހޯލްޑިންސް، މި ތިން ކުންފުނި ހިއްސާ އޮންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
