އަހްމަދިއްޔާ ސްކޫލަށް 25 އަހަރު ހިދުމަތްކޮށްދެއްވި ޝާކިރު ނިޔާވެއްޖެ

އަހްމަދިއްޔާ ސްކޫލަށް 25 އަހަރު ހިދުމަތްކޮށްދެއްވި ޝާކިރު ނިޔާވެއްޖެ
ލިޔުން:
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުއަށް 25 އަހަރު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އިބްރާހިމް ޝާކިރު ރޭ ދަންވަރު ނިޔާވެއްޖެ އެވެ.
ޝާކިރުގެ ހަރަކާތްތައް ކުއްލިއަކަށް ހުއްޓިގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ދަންވަރު 3:30-4:00 ހާއިރެވެ. ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ ސްކޫލުން ބުންޏެވެ.
އޭނާ ނިޔާވިއިރު ހަތަރު ދަރީންނާއި އަނތްބަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ.
އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދިޔަ ޝާކިރު ވަނީ އަހްމަދިއްޔާގެ ގްރޭޑް 12 ގެ ދަރިވަރުންތަކަކާއިއެކު މިދިޔަ ހޮނިހިރު ދުވަހު ހައްދުންމައްޗަށް ކުރި ފީލްޑް ޓްރިޕްގަައި ވެސް ބައިވެރިވެފައެވެ. އެ ދަތުރު ނިންމާލުމަށްފަހު މާލެ އައީ ރޭ 8:30 ހާއިރެވެ.
އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ޝާކިރަކީ ކުރިން އަހްމަދިއްޔާގެ ދަރިވަރެއް ކަމަށާއި އަދި އެއަށްފަހު ވަޒީފާއަށް ގުޅުނު ހިސާބުން ވެސް އޭނާ ވަނީ ސްކޫލަށް ގިނަގުނަ ކަންތައްތައް ކޮށްދީފައި ކަމަށެވެ.
ރަޝީދު ސިފަކުރެއްވި ގޮތުގައި ޝާކިރަކީ އެ ސްކޫލުގެ މުހިއްމު "އެއް ތަނބެވެ." އެގޮތުން އެތައް އަހަރެއް ވަންދެން ކޮށްދެއްވި ހިދުމަތަށްފަހު ޝާކިރު ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.
ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމު އަދާކުރަމުން އައި ޝާކިރުގެ ޒިންމާއަކީ އެ ސްކޫލުގެ އޯ ލެވެލް އަދި އޭ ލެވެލްގެ އިމްތިހާނަށް ސްކޫލުން ކުރަންޖެހޭ އިދާރީ ކަންކަން ބެލެހެއްޓުމާއި ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންކަން ބެލެހެއްޓުމެވެ.
ޝާކިރުގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހުގައެވެ. ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާއާއި ރަހުމަތްތެރިންގެ އެދުމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
