މާލެ: 31°C
އަހަރުގެ މިހާތަނަށް، އިންޑިއާ ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރަށްވުރެ މަދު, ނަމަވެސް ޓޫރިޒަމަށް އަސަރެއްނުކުރޭ

އަހަރުގެ މިހާތަނަށް، އިންޑިއާ ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރަށްވުރެ މަދު, ނަމަވެސް ޓޫރިޒަމަށް އަސަރެއްނުކުރޭ

January 23, 2024
3 ފަހަރު ބަލާފައި
އަހަރުގެ މިހާތަނަށް، އިންޑިއާ ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރަށްވުރެ މަދު, ނަމަވެސް ޓޫރިޒަމަށް އަސަރެއްނުކުރޭ
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ތިން ހަފްތާ އާ އަޅާބަލާއިރު ދައްވެއްޖެ އެވެ. މިއަހަރު ޖެނުއަރީ 21ގެ ނިޔަލަށް އައީ 9،744 އިންޑިއާ ފަތުރުވެރިންނެވެ. މިދިޔަ އަހަރު ޖެނުއަރީ 21ގެ ނިޔަލަށް 11،163 އިންޑިއާ ފަތުރުވެރިން އައިސްފައިވެއެވެ.

އެހެން ނަމަވެސް ޖުމްލަ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން ހަފްތާގައި މިދިޔަ އަހަރަށް ވުރެ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ގިނައެވެ.

މި އަހަރުގެ ފުރަތަމަ ތިން ހަފުތާގައި 128،548 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރު މި މުއްދަތުގައި އައީ 115،177 ފަތުރުވެރިންނެވެ. މިއީ 11.6 ޕަސަންޓް އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެވަރެޖްކޮށް ދުވާލަކު 6،121 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. އަދި އެވަރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. ފަތުރުވެރިކަމަށް މި ވަގުތު ރާއްޖޭގައި 176 ރިސޯޓާއި 809 ގެސްޓްހައުސް އާއި 140 ސަފާރީ އަދި 15 ހޮޓާ ދަނީ ބޭނުން ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ