
އަހަރު ދެބައި ނުވަނީސް އާސަންދައާއި ސަބްސިޑީ ބަޖެޓްގެ ބޮޑު ބައި ހަރަދުވެއްޖެ
އަހަރު ދެބައި ނުވަނީސް އާސަންދައާއި ސަބްސިޑީ ބަޖެޓްގެ ބޮޑު ބައި ހަރަދުވެއްޖެ
ލިޔުން:
މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި، ހެލްތު އިންޝުއަރެންސް ސްކީމް "އާސަންދަ" އަށް ކަނޑައެޅި ފައިސާގެ ބޮޑުބައި، ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހަރަދޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
މިއަހަރުގެ ބަޖެޓްގައި އާސަންދައަށް ކަނޑައަޅާފައި އޮތީ 1.04 ބިލިޔަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓްގައިވާ ގޮތުން މިދިޔަ މާޗްމަހުގެ 30 ވަނަ ދުވަހާ ހަމައަށް ، އޭގެ ތެރެއިން 628.1 މިލިޔަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެއީ އާސަންދައަށް ހަރަދުކުރަން މިއަހަރަށް ކަނޑައެޅި ފައިސާގެ 60 ޕަސެންޓެވެ.
ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ މިމުއްދަތުގައި އާސަންދައަށް ހަރަދުކުރީ 448.7 މިލިޔަން ރުފިޔާ އެވެ. އެހެންވީމާ މިއަހަރުގެ މި މުއްދަތުގައި އާސަންދައަށް ހަަރަދުވެފައި މިވަނީ މިދިޔަ އަހަރުގެ މިމުއްދަތަށް ވުރެ ގާތްގަނޑަކަށް 200 މިލިޔަން ރުފިޔާ އިތުރު އަދަދެކެވެ.
ދައުލަތުގެ ބަޖެޓްގައި އާސަންދައަށް ކަނޑައެޅި ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މިދިޔަ އަހަރު ވެސް އެ ސްކީމަށް ހަރަދުވި އެވެ. މިދިޔަ އަހަރުގެ ބަޖެޓްގައި އާސަންދައަށް ކަނޑައެޅީ 730 މިލިޔަން ރުފިޔާ ކަމަށް ވިޔަސް އަހަރު ނިމުމު އިރު 1.6 ބިލިޔަން ރުފިޔާ ހަރަދުވި އެވެ.
ފިނޭންސްގެ ހިސާބުތަކުގައިވާ ގޮތުން ދައުލަތުން ސަބްސިޑީތަކަށް މިއަހަރުގެ ބަޖެޓްގައި ކަނޑައެޅި ފައިސާގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ހަރަދުވެފަ އެވެ. ސަބްސިޑީ ދޭން މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައި އޮތީ 2.2 ބިލިޔަން ރުފިޔާ ކަމަށް ވާއިރު މާޗްމަހުގެ 30 އާ ހަމައަށް އޭގެ ތެރެއިން 1.2 ބިލިޔަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. އެހެންވީމާ ދައުލަތުން ސަބްސިޑީ ދޭން ކަނޑައެޅި ބަޖެޓްގައި މިއަހަރުގެ ބާކީ އޮތް ނުވަ މަސްދުވަހަށް އޮތީ އެ ބަޖެޓްގެ ދެބައިކުޅަ އެއްބަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
