މާލެ: 31°C
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ހަދަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ހަދަނީ

2 އޯގަސްޓު 2026
147 ފަހަރު ބަލާފައި
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ހަދަނީ

10 ރަށުގައި އެގްރޯފޮރަސްޓްރީ ދަނޑު ހަދަން އެންވާރަމަންޓް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި 2 މިނިސްޓްރީގެ ދެމެދުގައި ވެވުނު މި އެއްބަސްވުމަކީ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށާއި ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތަކެއް ހެދުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުމެއްކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ގާއިމްކުރާ އެގްރޯފޮރަސްޓްރީ ދަނޑުތަކުގެ ސަބަބުން ބިމުގެ މުއްސަނދިކަން އިތުރުވެ، ފަސްގަނޑު ގިރުން ހުއްޓުވައި ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީއެއް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެއް ދަނޑަކުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އާއި ގަސް ހެއްދުމަށް ބޭނުންވާ މައުދަންތައް ލިބޭއިރު މި ދަނޑުތަކުގެ ސަބަބުން ދަނޑުވެރިންނަށް އިގްތިސާދީ ގޮތުންނާއި ކާނާގެ ރައްކާތެރިކަމުގެ ގޮތުންވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލިބޭގޮތަށް ކަހަލަ ދެމެހެއްޓެނިވި ނިޒާމެއް ކުރުން ކަމަށާއި، އެގޮތުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށްވެސް މި އެއްބަސްވުމުގެ ދަށުން 400،000 ގަސް ސަޕްލައިކޮށްދޭނެ ކަމަށްވެސް އެންވާރަމަންޓް މިނިސްޓްރީން ބުނެ އެވެ.

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި
ހަބަރު

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި
ހަބަރު

އުމުރަށް ޖަލަށްލާފައިހުރި އައްޑޫސިޓީގެ އެންމެ ބޮޑު ޑްރަގް ލޯޑް މިނިވަންކޮށްފި

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް
ހަބަރު

ވެރިމީހާއަކީ މާބޮޑު ވަލިއްޔުލްއަމްރެއްގެ ގޮތުގަ ދެކޭދެކުން، ދައުލަތާއި ރައްޔިތުންގެ ހާދިމެއްގެ ގޮތަށް ބަދަލުކުރަންޖެހޭ: ފައްޔާޒް

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު
ހަބަރު

ރާއްޖޭގެ އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫ އަރާނީ ވެރިކަމުގަ މިހާރު ތިބި ގަމާރުންނަށް ތަނެއްދޮރެއް ނޭނގޭތީ: ރައީސް ނަޝީދު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި
ހަބަރު

އެމްޑީޕީ ކޮންގްރެސްގެ ބައިވެރިންނާ ބައްދަލުކޮށް، އެޕާޓީގެ އަސާސީ ޤަވާއިދަށް ފައްޔާޒް ހުށަހަޅާ އިސްލާހުތަކާ ގުޅޭ މައުލޫމާތު ދެއްވައިފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް
ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ހާމަކުރެއްވި ބޭފުުޅުންގެ ތެރެއިން ރަސްމާލެ ވިއްކާލުމާ ފާޅުގަ ދެކޮޅު ހަދަން ކެރިވަޑައިގަތީ ފައްޔާޒަށް އެކަނި: އަކްރަމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ